އެމްއެމްއޭއަކީ މިނިވަން މަނިޓަރީ ޕޮލިސީއެއް ތަންފީޒު ކުރާންޖެގޭ ދައުލަތުގެ ސެނެްޓްރަލް ބޭންކު

ޑިވޮލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގެ ލައިސެންސް ހޯދަން ހުށަހަޅައިފި

ޑިވޮލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގެ ލައިސެންސް ހޯދަން ހުށަހަޅައިފި

ޑިވޮލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގެ ލައިސެންސް ހޯދަން މިއަދު އެމްއެމްއޭއަށް ހުށަހަޅައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާގެ ޕޯސްޓުގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ރާއްޖޭގައި ޑިވޮލޮޕްމެންޓް ބޭންކެއް ގާއިމްކުރުމަށް ބޭނުންވާ ލައިސެންސް ހޯދުމަށް މިއަދު ފޯމު ހުށަހަޅާފައިވާ ކަމުގައެވެ.

މާލީ އިދާރާތައް އުފެއްދުމުގެ ހުއްދަ ލިބިގެން ދާނީ އެމްއެމްއޭއިން އެކަމަށް ލައިސެންސް ދޫކުރުމުންނެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ މުހިންމު ދެ ޚިދުމަތެއް ކަމުގައިވާ ބަންކަރިންގެ ޚިދުމަތާއި އަދި ޑިވެލޮޕްމެންޓް ބޭންކުގެ ޚިދުމަތް މި ޖުލައިމަހުގެ ތެރޭގައި ފެށިގެންދާނެ ކަމުގައި އިކޮނިމިކް މިނިސްޓަރ މުހައްމަދު ސައީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ވިދާޅުވެފައިވަނީ އެބޭންކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސިންވެސްޓަރުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ލިބެގެންދާނެކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މަޝްރޫޢުތައް ހިންގުމަށް ބޭނުންފާ ފައިސާ ކުޑަ އިންޓެރެސްޓް ރޭޓެއްގައި އިންވެސްޓަރުންނަށް ލިބުމުގެ މަގު ފަހިވެގެން ދާނެކަމުގައެވެ.

މީގެ ކުރިން ރައީސް ވަނީ ޑިވޮލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެއް އުފައްދައިފައެވެ. އެއީ ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އެ ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތަށް، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުށް އުފެއްދި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ކުރިން ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *