މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނެންސް އިން މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީއާއި ބައްދަލުކޮށްފި

މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނެންސް އިން މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީއާއި ބައްދަލުކޮށްފި

Author
ހުސައިން
28 ޖުލައި 2024 12:02
0

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލް.ޖީ.އޭ)ގެ ދަށުން މަސައްކަތް ކުރާ މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނެންސް (އެމް.އައި.އެލް.ޖީ) އިން މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ)އާއި ބައްދަލުކުރައްވާފައެވެ.

އެ އިންސްޓިޓިއުޓުން ކުރިއައްގެންދާ ކޯސްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި މި ބައްދަލުވުމުގައި، މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ)ގެ ފަރާތުން ސީ.އީ.އޯ މަރްޔަމް ފިޒާނާ ރަޝީދުގެ އިތުރުން އެ އިދާރާގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މި ބައްދަލުވުމުގައި މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނެންސް (އެމް.އައި.އެލް.ޖީ)ގެ ފަރާތުން އެ އިންސްޓްޓިއުޓްގެ އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި މަހުގެ 24 ވީ ބުދަ ދުވަހު އެމް.ކިއު.އޭގައި ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާފައިވަނީ މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނެންސް (އެމް.އައި.އެލް.ޖީ) އިން ކުރިއަށް ގެންދަވާ ކޯސްތަކުގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ނުވަތަ ތަމްރީނު ޕްރޮގްރާމްތަށް އެމް.ކިއު.އޭގެ ޙުއްދައިގެ ދަށުން ރަޖިސްޓްރީ ކުރުމަށެވެ. އެގޮތުން، އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނެންސް އިން ވަނީ އެ އިންސްޓްޓިއުޓުގެ ޓްރޭނިންގ ސެކްޝަނުން އެކުލަވައިލާފައިވާ ކޯހެއް އެކްރެޑިޓްކުރުމާއި ގުޅިގެން މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ)އާއި މަޝްވަރާކުރައްވާފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލސްޑިވެލޮޕްމަންޓްގެ ދަށުން ހިންގާ މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ)ގެ ފަރާތުން ދިވެހިރާއްޖޭގެ ކޮލެޖުތަކާއި އިންސްޓިޓިއުޓްތަކުން ކުރިއަށް ގެންދާ ކޯސްތަކަކީ ފެންވަރު ރަނގަޅު ކޯސްތަކެއްކަން ކަށަވަރުކުރުމަށް، ޕްރޮގްރާމް އެކްރެޑިޓޭޝަން އަދި ޕްރޮގްރާމް އޮޑިޓް ފަދަ ޙިދުމަތްތަށް އަންނަނީ ފޯރުކޮއްދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.