"ކަމަނާ" ގެ އާ ޕޯސްޓަރެއް

"ކަމަނާ" ގެ އާ ޕޯސްޓަރެއް

Author
ފާތިމަތު ނާވީ
28 ޖުލައި 2024 12:12
0

އަންނަ މަހު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ ފިލްމު "ކަމަނާ" ގެ އާ ޕޯސްޓަރެއް ދައްކާލައިފި އެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ މި ފިލްމު އޮލިމްޕަސް ގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހުގައިއެވެ.

"ކަމަނާ" އަކީ މަހުދީގެ ސްކްރީންޕްލޭއަކަށް ހުސައިން ޑައިރެކްޓްކުރި ތިން ވަނަ ފިލްމެވެ. އަނެއް ދެ ފިލްމަކީ 2011 ގެ ފިލްމް "ސަޒާ" އާއި 2013 ގެ ފިލްމް "ދިލަކަނި" އެވެ.

 

View this post on Instagram

 

A post shared by KAMANAA (@kamanaa_film)

"ކަމަނާ" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އިތުރުން އައިމިނަތު ރަޝްފާ (އާޝާ) އެވެ. އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު މަނިކު، އަހުމަދު ނިމާލު، މުހައްމަދ ރަޝީދު (ދަރާ) އަދި ނަތާޝާ ޖަލީލު ހިމެނެ އެވެ.

"ކަމަނާ" އަކީ ޕްރޮޑިއުސަރު އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ހުސައިންގެ ކިޑް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.