އަންނަ އަހަރަށް ފަސް ކޮށްފައިވާ އޮލިމްޕިކްސް ގޭމްސް އާ ގުޅޭ ކޯވިޑް ހަރަދުތަކަށް ގޭމްސް ބާއްވާ ގައުމު ޖަޕާނުން 900 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ހަމަޖައްސައިފި އެވެ.
ގޭމްސް ބާއްވަން ހަރަދު ވާނެ ކަމަށް މިދިޔަ އަހަރު އަންދާޒާ ކުރެވިފައި ވަނީ 12.6 ބިލިއަން ޑޮލަރެވެ. މާނަ އަކީ މިހާރު ގޭމްސް ބާއްވަން ހިނގާ ހަރަދު 22 ޕަސަންޓް އުފިލިފައިވާ ކަމެވެ. އެ ހަރަދުތައް އުފުލުނީ ކޮވިޑާ ގުޅިގެން އަޅަން ޖެހުނު ރައްކާތެރި ކަމުގެ ފިޔަވަޅު ތަކާ ގުޅިގެންނެވެ.
ޖަޕާންގެ ވެރިރަށް ޓޯކްޔޯގައި ބާއްވާ އޮލިމްޕިކްސް ގޭމްސް ކުރިން ބާއްވަން އޮތީ މިއަހަރު އެވެ. އަވަށްޓެރި ޗައިނާއިން ފެނުނު ކޯވިޑް-19 ގެ އަސަރުކޮށް އަންނަ އަހަރަށް ދުނިޔޭގެ އެންމެ ބޮޑު މަލްޓި ސްޕޮޓްސް ކުޅިވަރު މުބާރާތް ފަސް ކުރަން ޖެހުނީ އެވެ. ކޮވިޑާ ގުޅިގެން މުބާރާތް ފަސް ކުރަން ޖެހުމާއި އަދި މުބާރާތުގެ އެހެނިހެން އިންތިޒާމުތަކަށް ޖުމުލަ 15.4 ބިލިއަން ޑޮލަރު ޖަޕާނުން ހަރަދު ކުރާނެ ކަމަށް ގޭމްސް އިންތިޒާމު ކުރާ ކޮމިޓީން ބުނެ އެވެ.
އޮލިމްޕިކްސް ގޭމްސް އަންނަ އަހަރަށް ފަސް ކުރުމަށް ނިންމީ މި އަހަރު މާޗް މަހު އެވެ. އޮލިމްޕިކްސް ގޭމްސް އޮންނާނީ އަންނަ ޖުލައި 23 ން އޯގަސްޓް އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓު ފޮނުވާ