މާލޭގައި، ގެއަކަށް މީހަކު ވައްދައި، އެމީހާ ބަރަހަނާކޮށް ބިރުދެއްކުމަށްފަހު އެކައުންޓުގައި ހުރި ފައިސާ ފޭރުނު މައްސަލައެއްގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ހާމަ ކުރެއްވި ގޮތުގައި، މީހަކަށް ބިރުދައްކައިގެން ކޭޝް ކާޑުގެ ޕިން ހޯދުމަށްފަހު، އެކައުންޓުގައިވާ ފައިސާ ފޭރުނު މައްސަލަ ފުލުހުންނަށް ހުށަހެޅީ މި ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެކެވެ. ހައްޔަރު ކުރެވުނު ދެމީހުންނަކީ ވެސް ދިވެހިންނެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން އެކަކު 30 ދުވަހުގެ މުއްދަތަކަށް، އަދި އަނެކަކު 60 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ