ފުވައްމުލަކުގައި ހާލު ދެރަވު ކުއްޖަކު އެމްއެންޑިއެފްގެ އެހީތެރިކަމުގައި އައްޑުއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފްއިން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ކުޑަ ކުއްޖެއްގެ ހާލު ދެރަވެގެން، ޞިއްޙީ އަވަސް ފަރުވާދިނުމަށް ސީ އެމްބިއުލާންސްގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ގެންގޮސްދީފައިވާ ކަމުގައެވެ.
ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ކުޑަ ކުއްޖެއްގެ ހާލު ދެރަވެގެން، ޞިއްޙީ އަވަސް ފަރުވާދިނުމަށް ސީ އެމްބިއުލާންސްގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ގެންގޮސްދީފި. pic.twitter.com/DgA9AfsRPs
— Maldives National Defence Force (@MNDF_Official) July 27, 2024
މިކުއްޖާގެ ހާލަތާއި ގުޅޭ އިތުރު ތަފްސީލު އެމްއެންޑީއެފްއިންވެސް އަދި އައްޑޫ އީކުއަޓޯރިއަލް ހޮސްޕޓަލުންވެސް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ