ޝަމީމުވެސް މަގާމުން ވަކިކޮށްފާނެކަމުގެ އިންޒާރު!

ޝަމީމުވެސް މަގާމުން ވަކިކޮށްފާނެކަމުގެ އިންޒާރު!

Author
ޙަސަން މުޙައްމަދު
23 ޖުލައި 2024 02:23
0

މަގާމުގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާނުކުރާނަމަ، ޕީޖީ ޝަމީމުވެސް މަގާމުން ދުރު ކުރާނެކަމުގެ އިންޒާރު ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ދެއްވައިފިއެވެ.

އޭނާ ޝަމީމު މަގާމުން ދުރުކުރާނެކަމުގެ އިންޒާރު ދެއްވީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ހުށަހެޅުއްވި އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް ހިމެނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިއަދު ބަހުސް ކުރައްވަމުންނެވެ.

މިއަދުގެ ބަހުސްގައި އައްބާސް ވިދާޅުވީ އާންމު ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތް ނުކުރައްވާ، އަދި އާންމު ރައްޔިތުންނަށް އަނިޔާވެރިވާ ފަރާތްތަށް އިސް މަގާމްތަކުގައި ބައިތިއްބަން މަޖިލިހުން ފުރުސަތު ނުދޭނެ ކަމުގައެވެ.

އެ ބޭފުޅާ ވެސް އެބަޖެހޭ އެ ބޭފުޅާގެ ގާނޫނީ ޒިންމާ އަދާ ކުރައްވަން، އަދާ ނުކުރެއްވެންޏާ މިހާރުން މިހާރަށް އިސްތިއުފާދެއްވާފަ ގެއަށް ވަޑައިގަންނަވަންވީ، އެހެންނޫނީ ގަވަރުނަރު ބޭރުކުރި ގޮތަށް އަޅުގަނޑުމެން ބޭރުކުރާނަން.

އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުން، ނުވަތަ "ވާނުވާ" ބަންދުގައި މީހުން ބޭތިއްބުން ޕީޖީއަށް ލިބިދޭ ބާރުގެ ދަށުންވިޔަސް، ނުވަތަ ރައީސުލްޖުމުހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ނަމަވެސް ނިމުމަކަށް ގެންނަން ޖެހިފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.