ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަނައިބު އުނިކުރުމާ ގާސިމު ދެކޮޅު

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަނައިބު އުނިކުރުމާ ގާސިމު ދެކޮޅު

Author
ޙަސަން މުޙައްމަދު
22 ޖުލައި 2024 11:18
0

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަނައިބު ނުވަތަ އެޓާނީ ޖެނެރަލް (އޭޖީ) އުނިކުރާ ގޮތަށް ގާނޫނު އިސްލާހުކުރަން ތާއީދު ނުކުރައްވާ ކަމުގައި ރައްޔިތުންގެ މަޖިލީގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލަށް ބަހުސްކުރައްވަމުންނެވެ.

ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަތު ހުސައިން ޝަރީފެވެ.

ހުށަހަޅުއްވައިފައިވަނީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަނަައިބު އުނިކުރުމަށެވެ. އެ ބަދަލު ގެންނަންޖެހޭ ސަބަބެއްކަމަށް ބިލުގައި ފާހަގަކޮށްފައިވަނީ ބާ ކައުންސިލަށް ހަގީގީ މިނިވަންކަން ދިނުމަށެވެ.

ގާސިމް ވިދާޅުވީ ބިލުގައިވާ ބަންޑާރަނައިބު އުނިކުރާ މާއްދާ ފިޔަވައި އެހެން ހުރިހާ ބަޔަކަށް ތާއީދުކުރައްވާ ކަމަށެވެ.

"ބަންޑާރަނައިބު އެތާގައި އިންނެވުމަކީ ނުވަތަ ނީންމެވުމަކީ އެއީ އެތަނުން ހިނގާ ކަންކަން ގޯސްކޮށް ހިނގާ ކަމެއް ކަމަށް ވިސްނައިގަތުމާއި ބަލައިގަތުމަކީ ކޮންމެހެން އަޅުގަނޑު ގަބޫލުކުރާހިތްވާ ކަމެއް ނޫން"

މީގެއިތުރުން ދައުލަތް ހިންގުމުގައި ކަންކަން ހިނގާ ގޮތުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއަށް ބަރާބަރަށް އަޕްޑޭޓްވާންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ބަންޑާރަ ނައިބުގެ ވޯޓު އެކަނި ގޯސްކޮށްދާތީ އެކަން ކުރިއަށް ނުގެންދެވޭނީކީ ނޫން. ގާނޫނުގައި ބުނާ ގޮތުން މެޖޯރިޓީ އޮތިއްޔާ ކަންކަން ކުރިއަށްދާނެ."

ކަމެއް އިސްލާހު ކުރުވޭ ގޮތަކީ ހުރިހާ ބާރެއް ދޫކޮށްލުމެއް ނޫން ކަމަށާއި އިސްލާހަށް ބޭނުންވާނީ އިޚުލާސްތެރި  ނިޔަތެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ކުރައްވާނީ އެފަދައިން ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.