އުދަ އަރަމުންދާތީ ބުރިޖު ހައިވޭގައި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި

އުދަ އަރަމުންދާތީ ބުރިޖު ހައިވޭގައި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި

Author
ހުސައިން
21 ޖުލައި 2024 03:59
0

ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތި، ސިނަމާލެ ބްރިޖާއި ހައިވޭގައި ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރަށްރަށުގައި ވެސް ގޮނޑުދޮށާ ކައިރި ހިސާބުތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރާ ކަމުގައެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭތީ ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިންވަނީ ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރުނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

ވައިޓް އެލާޓް ނެރުނީ މިއަދު މެންދުރު ފަހު 13:15 އިން ފެށިގެން ހަވީރު 17:15 ގެ ނިޔަލަށެވެ.

މެޓް އޮފީހުން ބުނީ އުތުރުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ދެކުނާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް، މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަަކަށް ގަޑިއަކު، ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ދެކުނުގެ އަތޮޅުތަަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމުގެ ބާރުމިނުގައި ވައިި ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.