އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން "ރޯޑްމެޕް" ނަމުގައި ސިލްސިލާ ދަތުރުތަކެއް މިއަދު ފަށައިފިއެވެ.
އެމްޑީޕީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި މި ދަތުރުތަކަކީ ޕާޓީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލާ ޕާޓީގެ އާންމު މެންބަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ރާވައި ހިންގާ ސިލްސިލާ ދަތުރުތަކެއް ކަމަށެވެ.
މި ސިލްސިލާ ދަތުރުގެ ތެރެއިން ފުރަތަމަ އެމްޑީޕީން ދިޔައީ އައްޑޫ ސިޓީއަށެވެ.
މި ދަތުރުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި އައްޑޫ ސިޓީގެ އެމްޑީޕީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ