ކީރިތި ގުރުއާންއާ ބެހޭ ޚާއްސަ މަރުކަޒެއް ބިނާކުރުމަށް ބިމެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މެނިފެސްޓޯގެ ވައުދާ އެއްގޮތަށް ގުރުއާނާބެހޭ ކަންކަން ކުރިޔަށް ގެންދިއުމުގައި ގުރުއާނާބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ވަރަށް އަވަހަށް ބިމެއް ހަމަޖެހިގެންދާނެ ކަމުގައެވެ. އަދި ރައީސް މުއިއްޒު ވިދާޅުވީ މި މަރުކަޒު ވެގެންދާނީ ޒަމާނީ ޓެކްނޯލޮޖީއާއެކު ގާއިމްކުރެވޭ ހާއްސަ ދާއިމީ މައުރަޒަކަށް ކަމުގައެވެ.
މެނިފެސްޓޯގެ ވައުދާ އެއްގޮތަށް އެފުޅާމިނުގައި ގުރުއާނާބެހޭ ކަންކަން ކުރިޔަށް ގެންދިއުމަށްޓަކާ ކީރިތި ގުރުއާނާބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެ.
ރައީސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް މުއިއްޒުވަނީ ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަ ބޮޑުކުރަން ނިންމަވާފައިވާކަން އިއުލާން ކުރައް
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކީރިތި ޤުރްއާން ހިތުދަސް މީހުންނަކީ މީގެކުރިން އަތުގެ އިނގިލިން ގުނާލެވޭހާ މަދު ބައެއް ކަމަށާއި، އެހެންނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އަންނަކަމަށެވެ.
އަދި މިސަރުކާރުގެ އަމާޒަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ޚާއްސަކޮށްގެން ހޭދަކުރުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އެ ކަމަށް ޓަކައި ވަސީލަތްތައް އިތުރުކުރެވޭނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެވޭނެ.
ރައީސް ވިދާޅުވިއެވެ.