ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ހޯދަނީ ތ. ތިމަރަފުށި، މާފޮޅޭގެ، ޢަބްދުﷲ ސިމާޙު (34އ) އެވެ.
މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ މައްސަލައަކާ ގުޅިންގެން އޭނާ ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ޖެހެނީ 17 ޖުލައި 11:00 އަށެވެ.
ސިމާޙުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.
ކޮމެންޓު ފޮނުވާ