މަސްވެރިކަން އާދަޔާ ޚިލާފަށް ދަށްވެ މިފްކޯގެ މަސް ފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް ހުއްވެއްޖެ

މަސްވެރިކަން އާދަޔާ ޚިލާފަށް ދަށްވެ މިފްކޯގެ މަސް ފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް ހުއްވެއްޖެ

Author
ހުސައިން
16 ޖުލައި 2024 01:12
0

މަސްވެރިކަން ދަށްވެ މިފްކޯގެ މަސް ފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް ވަރަށް ބޮޑަށް މަދުވެފައިވާކަމަަށް އެކުންފުނިން ބުނެފިއެވެ. ކަޅުބިލަ މަހުން އުފައްދާ ޕްރަޑަކްޓްތައް ލިބުމަށް ދަތިތަކެއް ކުރިމަތިވީ މަސްވެރިކަން ދަށްވެ, ކަޅުބިލަ މަސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަމުގެ ސަބަބުންނެވެ.

ފިހާރަތަކުން ކަޅު ބިލަމަހާއި, ހިއްކި މަހާއި, ދަޅު މަހުގެ ސްޓޮކް މިހާރުވަނީ ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

މިކަމާ ގުޅޭ ގޮތުން މިއަދު މީޑިއާއަށް ފޮނުވި މެސެޖެއްގައި މިފްކޯއިން ބުނީ މިފްކޯގެ މަސް ފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް މި ދުވަސްވަރު މަދުވެފައިވަނީ ރާއްޖޭގައި މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދު ވެސް މި ދުވަސްވަރު ދަށްވުމުގެ ސަބަބުން ކަމަށެވެ.

އެ ކުންފުނިން ބުނީ، ދަޅުމަހުގެ އެއްވެސް ލިމިޓެއް ނެތް ކަމަށެވެ. ނަމަވެސް ކަޅުބިލަމަހުގެ އެހެނިހެން ބާވަތްތައް އުފެއްދޭނީ ކަޅުބިލަ މަސް ލިބިގެން ކަމަށް މިފްކޯ އިން ބުނެ އެވެ.

"މިހާލަތުގައި ކަން މިގޮތަށް އޮތް ނަމަވެސް ކަންނެލި މަހުގެ އުފެއްދުންތައް ކުރިއެކޭ އެއްގޮތަށް މިފްކޯގެ ފިހާރަތަކުން ލިބެން ހުންނާނެ. ވެލިއު އެޑެޑް ޕްރޮޑަކްޓުގެ ތެރެއިންވެސް ކަޅުބިލަމަސް ނުލިބޭތީ ޕްރޮޑަކްޝަން ދަށްވެފައި މިހާރު އޮތީ. އެކަމަކު މަސްވެރިކަން ރަނގަޅުވުމާއެކު ފިހާރަތަކުގެ ރެކުތައް ފުރިގެންދާނެ" މިފްކޯގެ މެސެޖުގައި ބުންޏެވެ.

މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަތުމަށް ކަނޑައަޅާފައިވާ ރޭޓް އުވާލައި ބައިނަލްއަގުވާމީ ބާޒާރުގައި ހުންނަ އަގުގައި މަސް ގަންނަން ވަނީ ފަށާފަ އެވެ. އެގޮތަށް އެކަން ކުރަން ފަށާފައިވަނީ މިދިޔަ މަހު 21 ގަ އެވެ. އޭގެ ކުރިން މަސް ގަންނަމުން އައީ ފިކްސްޑް ރޭޓެއްގައި މާކެޓް އަގަށްވުރެ ބޮޑުކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.