މިފްކޯގެ ސީއީއޯގެ މަގާމަށް އާތިފް ކުރިމަތިލައްވައިފި

މިފްކޯގެ ސީއީއޯގެ މަގާމަށް އާތިފް ކުރިމަތިލައްވައިފި

Author
އަހުމަދު
15 ޖުލައި 2024 07:33
0

މިފްކޯގެ ސީއީއޯގެ މަގާމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު މިއަދު ކުރިމަތިލައްވައިފި އެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ސީއީއޯއެއް ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިއުލާން ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ

ޕީސީބީން ޝާއިއުކުރި އިއުލާނެއްގައި ބުނެފައިވަނީ ހުނަރުވެރި އަދި މަސައްކަތަށް އިސްކަންދޭ މަސްވެރިކަމުގެ ސިނާއަތުގެ ދެމެހެއްޓެނެވިކަމަށާއި އީޖާދީ އުފެއްދުންތެރިކަމަށް ޝައުގުވެރިކަން ހުރި މީހުންނަށް މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލާ ކަމަށެވެ.

އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރި ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގުރީ ނުވަތަ މާސްޓާސް ޑިގުރީއެއް ނުވަތަ އެއާ އެއްވަރުގެ އެހެން ސަނަދެއް އޮތުމެވެ. އަދި ސަނަދުގެ އިތުރަށް މަސް ޕްރޮސެސްކުރުމާއި ބޭރުކުރުމާއި މަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމާ ގުޅުންހުރި ދާއިރާއެއްގައި މެނޭޖުމެންޓު ފެންވަރުގައި މަދުވެގެން އަށް އަހަރުގެ ތަޖުރިބާ ލިފައިވުމަކީވެސް ޝަރުތެއްކަމަށް ކަނޑައަޅާފައިވެ އެވެ. ނުވަތަ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައިނަލްއަުވާމީ ބޮޑު ނުވަތަ މެދުފަންތީގެ ކުންފުންޏެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައި އޮތްނަމަ އެ މަގާމަށް ޝަރުތު ހަމަވާނެއެވެ.

އެ މަގާމަށް ހޮވޭ ފަރާތުގެ ގާބިލްކަމަށް ބެލުމަށްފަހު 9،500 ޑޮލަރު (146،000ރ.) އާއި 12،000 (185،000ރ.) ދެމެދުގެ މުސާރައެއް ލިބޭނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.