ހުޅުލޭގައި ހުންނަ މޯލްޑިވިއަންގެ ސީޕްލޭން ޓާމިނަލް ސަރަހައްދުގައި ސިފައިންގެ ހާއްސަ ތަމްރީނެއް މިއަދު ބާއްވައިފިއެވެ.
ސީޕްލޭން ޓާމިނަލު ސަރަހައްދުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތަކެއް މިއަދު ވަނީ އާންމުވެފައެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިއަދު ކުރިއަށްދިޔައީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑްރަން ކޮލިފިކޭޝަން ކޯހުގެ ހާއްސަ ތަމްރީންތަކެއް ކަމަށެވެ. އެ ތަމްރީނުގެ ފޮޓޯތަކެއް ވެސް އެމްއެންޑީއެފް އިން ވަނީ ހިއްސާކޮށްފައެވެ.
ފޮޓޯތަކުން ފެންނަނީ އޮޕަރޭޝަނުގައި ސިފައިންގެ ޑިންގީއަކާއި މޯލްޑިވިއަންގެ ސީޕްލޭނެއްގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާ މަންޒަރެވެ.
އެ ތަމްރީނުތައް ބައްލަވަން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ބައިވެރިވެވަޑައިގެންނެވިއެވެ.