މަރުގެ އަދަބު އުވާލެވެން ނެތް ކަމަށް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެ

މަރުގެ އަދަބު އުވާލެވެން ނެތް ކަމަށް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެ

އިސްލާމީ ޝަރީއަތާއި ގާނޫނު އަސާސީއާ ހިލާފަށް ރާއްޖޭގައި މަރުގެ އަދަބު އުވާލެވެން ނެތް ކަމަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި، އިންސާނީ ހައްގުތަކާބެހޭ ޔުނިވާސަލް ޕީރިއަޑިކް ރިވިއު ހާމަކުރުމަށް ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރަކީ އިސްލާމީ ޝަރީއަތް ކަމަށްވާތީ، ރާއްޖޭގައި މަރުގެ އަދަބު އުވާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މިނިސްޓަރުގެ ވާހަކައިގައި ގާނޫނުއަސާސީ އާއި ގާނޫނުތައް ބިނާވަނީ އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށް ކަމާއި، ރާއްޖޭގެ ގާނޫނުތަކުގައިވާ ގޮތުން މީހަކަށް މަރުގެ ހުކުމް އިއްވަނީ ވެސް ވަރަށް މަދު ހާލަތެއްގައި ޝައްކެތް ނެތް މިންވަރަށް އެ ކުށް ސާބިތުވުމުންކަން ފާހަގަކުރެއްވިއެވެ.

އަދި. އެފަދަ ހުކުމެއް ތަންފީޒް ކުރާނީ ސުޕްރީމް ކޯޓާ ހަމައިން އިސްތިއުނާފްގެ ހުރިހާ މަރުހަލާތައް ނިމުމުން ކަން ވެސް އިހުސާން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، 1954 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި އަދި މިހާތަނަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ނުވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރުގެ އަދަބު ތަންފީޒުކުރަން މާފުށީ ޖަލުގައި ފެސިލިޓީއެއް ހެދި ނަމަވެސް މިހާތަނަށް އެ ފެސިލިޓީ ބޭނުންކޮށްފައި ނުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްތިއުނާފް މަރުހަލާ ނިމި، މަރުގެ ހުކުމް އިއްވާފައިވާ 16 މީހަކު މި ވަގުތު ރާއްޖޭގައި އެބަތިއްބެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *