"ޕިލް" މާދަމާ ބަލާލެވޭނެ

"ޕިލް" މާދަމާ ބަލާލެވޭނެ

Author
ފާތިމަތު ނާވީ
11 ޖުލައި 2024 04:51
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތޭޝް ދޭޝްމުކް ގެ ފުރަތަމަ ވެބް ސީރީޒް ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފިއެވެ. މި ވެބް ސީރީޒް މާދަމާ ބެލުންތެރިންނަށް ސްޓްރީމް ކުރެވޭނެއެވެ.

މިހާރު ވަނީ މި ވެބް ސީރީޒް ގެ ޓްރެއިލާ އެއްވެސް ދައްކައިލައިފައިއެވެ. މީގެ ޕޯސްޓަރުތަށް އާންމު ކޮށްފައިވާ އިރުގައި މި ޕޯސްޓަރު ތަކުން ރިތޭޝް ފެނިގެންދަނީ ވަރަށްވެސް ތަފާތު ގޮތަކަށެވެ.

މި ސީރީޒަކީ އިންޑިއާގައި ބޭސް ވިއްކާ މީހުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހާމަކޮށް ސިއްހީ ދާއިރާ އަށް ފައިދާ ހޯދައި ދިނުމަށް އަލިއަޅުވާލާ ކުޅެފައިވާ ސީރީޒެކެވެ.

މީގެ ކާސްޓުގައި ނޭހާ ޝަރުމާ، ޝުރުތީ ސޭތް، ޝަންދަން ރޯއީ ސެންޔަލް، ޝާރިބް ހާޝިމީ އަދި އަމްރުތާ ކަންވިލްކަރް އިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.