އިހަވަންދޫ ފަޅުގެ ދަތިކަން ހައްލުކޮށްދިނުމުގެ މަސައްކަތް ބާރަށް ކުރިއަށް

އިހަވަންދޫ ފަޅުގެ ދަތިކަން ހައްލުކޮށްދިނުމުގެ މަސައްކަތް ބާރަށް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2020 02:06
0

ހއ.އިހަވަންދޫއަކީ އުތުރުގެ ރައްތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު އެއް ރަށެވެ. ރަށުގެ ރައްޔިރުންގެ އިތުރަށް އެކި ޚިދުމަތްތަކުގައި ކޮންމެ ދުވަހަކުވެސް އެތަށް ބަޔަކު އެރަށަށް ދަތުރުކުރެއެވެ.

ރަށުގެ ބަނދަރަށް ދިމާވެފައިވާ ދަތިކަމަށް ހައްލު ގެނައުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްދާއިރު ބަނދަރަށް ބޭނުންވާ ބޮޑުހިލަ ވަނީ މިހާރު އެރަށަށް ގެންގޮސްފައެވެ. އިހަވަންދޫގެ ބަނދަރު ކަނޑައެޅިފައިވާ ތާރީހަށް ނިންމުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދާއިރު، މިބަނދަރުގެ މަސައްކަތް ހިނގަމުންދާގޮތް ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢުވެސް ދަނީ ކައިރިން ބައްލަވަމުންނެވެ.

އިހަވަންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީއާއި ހަވާލުކޮށްގެން ފަށާފައިވަނީ މިއަހަރުގެ ޖޫންމަހުއެވެ. އިހަވަންދޫ ބަނދަރު ތަރައްޤީކުރަނީ ބޭރު ތޮއްޓަށްވެސް ދޯނިފަހަރާއި ބޯޓުފަހަރު ގާތްކުރެވޭގޮތަށެވެ. ކޯވިޑްގެ ޙަލަތާއި ގުޅިގެން ބަނދަރުގެ މަސައްކަތުގައި ލަސްތަކެއް ދިމާވިނަމަވެސް، މިހާރު އަނެއްކާވެސް ބާރު ސްޕީޓްގައި މަސައްކަތް ދަނީ ކުރިއަށެވެ. އިހަވަންދޫ ބަނދަރަށް 95 މީޓަރުގެ އެއްގަމު ތޮއްޓާއި، 284 މީޓަރުގެ ބޭރު ތޮށި އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ %26 މަސައްކަތްވަނީ މުޅިން ނިމިފައެވެ. މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހު ނިންމުމަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.