ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ އޮނަރަރީ ކޮންސުލްގެ ސައިކަލް ވަގަށް ނެގި މީހާ 10 މަހަށް ޖަލަށްލާން ހުކުމް ކޮށްފި

ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ އޮނަރަރީ ކޮންސުލްގެ ސައިކަލް ވަގަށް ނެގި މީހާ 10 މަހަށް ޖަލަށްލާން ހުކުމް ކޮށްފި

ގުޅުންހުރި

ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ އޮނަރަރީ ކޮންސުލް ޑރ ޕޯލް އާރްތާ ވަން ޑްރީޝްގެ ސައިކަލު ވަގަށް ނެގިކަމުގެ ކުށް ސާބިތުވި މީހަކު 10 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އިއްޔެ ކޯޓުން އެ ހުކުމް ކޮށްފައިވަނީ ރ.ކަނދޮޅުދޫ، ދޮންވެލި، އަހުމަދު އިރުޝާންގެ މައްޗަށެވެ.

އިރުޝާންގެ މައްޗަށް އުފުލާފައިވަނީ ވައްކަން ކުރުމުގެ ދެ ދައުވާއެކެވެ. އެއީ ސައިކަލު ވަގަށް ނެގުމުގެ ދައުވާގެ އިތުރުން ސައިކަލު މަޑިދަށުގައި އޮތް އައިނެއް ވަގަށް ނެގިކަމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް ގައި ބުނީ، ނޮވެމްބަރު 14، 2023 ވަނަ ދުވަހުގެ 10:30 ހާއިރު ސަންސިޔާމް ބިލްޑިން ކުރިމަތީގައި ޕާކްކޮށްފައި ހުއްޓާ ޕޯލްގެ ވޭވް 125 ސައިކަލު ވަގަށް ނަގާފައިވާ ކަމަށެވެ.

ކޯޓުގައި އިރުޝާން ވަނީ ދައުވާތަކަށް އިއުތިރާފްވެ، ޕްރޮސެކިއުޓާ ޖެނެރަލްއާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފަ އެވެ. ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމަށް ފަހު ވައްކަން ކުރުމުގެ ކުށުގައި 10 މަހާއި 8 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

ކޮންސުލް ޖެނެރަލްގެ ސައިކަލު ނެގިކަމުގެ ކުށުގައި މީހަކު ޖަލަށްލާން ހުކުމް ކޮށްފައިވާއިރު، އާއްމުގޮތެއްގައި ކޮންސުލް ޖެނެރަލަކު ހުންނަނީ އެމްބެސަޑަރަކު ނުހުންނާ ހާލަތުގަ އެވެ. ޔޫކޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރަކު އެބަ ހުންނެވި އެވެ. އެކަމަކު ޕޯލް ހުންނެވީ އަދިވެސް ކޮންސުލް ޖެނެރަލްގެ މަގާމުގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ