މީޑިއާ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމަށް ވޯޓު ލަނީ: މީޑިއާ ކައުންސިލުން މީޑިއާ ޒިންމާދާރު ކުރުމުގެ މުހިންމަ މަސްއޫލިއްޔަތު އުފުލަން ޖެހޭ

ނޫސްވެރިން އެކްރެޑިޓް ކުރުމުގެ އުސޫލު އެކުލަވާލައިފި

ނޫސްވެރިން އެކްރެޑިޓް ކުރުމުގެ އުސޫލު އެކުލަވާލައިފި

ގުޅުންހުރި

ނޫސްވެރިން އެކްރެޑިޓް ކުރުމުގެ އުސޫލު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެކުލަވާލައިފިއެވެ.

އެ ކޮމިޝަނުން ބުނެފައިވަނީ މި އެކުލަވާލި އުސޫލުގެ މަގުސަދަކީ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ބާރު އެޅުމުގެ އިތުރުން ނޫސްވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތައުލީމާއި ތަޖުރިބާ ކަނޑައެޅުން ކަމަށާއި ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތް ކުރާ ނޫސްވެރިންގެ ދަފްތަރެއް އެކުލަވައިލުމުގެ އިތުރުން އެ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފާސް ދޫކުރުން ކަމުގައެވެ.

ބްރޯޑްކޮމް އިން އަލަށް އެކުލަވާލި އުސޫލުގެ ދަށުން ނޫސްވެރިންނަށް ފާސް ދޫކުރާނީ ބްރޯޑްކާސްޓިން އަދި ކޮމިއުނިކޭޝަން ދާއިރާ އާއި އެ ދެ ދާއިރާއާ ގުޅުން ހުރި އެހެނިހެން ދާއިރާތަކުން ދަށްވެގެން އެމްކިއުއޭ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވާ ފަރާތްތަކަށް ނުވަތަ އެއިން ދާއިރާއިން މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ.

އޭގެ އިތުރުން އެކްރެޑިޓް ކުރަން ހުށަހަޅާ ފަރާތަކީ ފާއިތުވި ފަސް އަހަރު ދުވަހު ޖިނާއީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް އެ އުސޫލުގައި ބަޔާން ކޮށްފައިވެއެވެ.

ފާސް ދޫކުރުމަށް ހަދަންޖެހޭ ތަމްރީނު ޕްރޮގްރާމްތަކަކީ:

– ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު)
– ބްރޯޑްކާސްޓް ކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމުގައި އަމަލުކުރަންވީ ގޮތް
– ބްރޯޑްކާސްޓް ކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އަމަލުކުރަންވީ ގޮތް
– ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވީ ގޮތް
– މުޒާހަރާ އާއި ހަލަބޮލި ހާލަތުތައް ކަވަރުކުރުމުގެ ގައިޑްލައިން
– އިންތިހާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން

އުސޫލުގައި ވާގޮތުން، ބްރޯޑްކޮމް އިން ކަނޑަ އަޅާ ދާއިރާތަކަށް އަހުލުވެރިވެފައިވާ މިންވަރު ވަޒަން ކުރުމަށް ހަދާ ކޯހުގައި ބައިވެރިވުމަށް 100 ރުފިޔާ ދައްކަން ޖެހޭނެއެވެ. އެކްރެޑިޓޭޝަން ކާޑު ދޫކުރާނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށް އެ އުސޫލުގައި ބަޔާން ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ