ކިޔަވައިގެން ހުރި ދަރިޔަކު، ނުވަތަ ޢާއިލާގެ މެންބަރަކަށް ވަޒީފާ ލިބުމަކީ ނާޖާއިޒް ފައިދާއެއް ނޫން

ކިޔަވައިގެން ހުރި ދަރިޔަކު، ނުވަތަ ޢާއިލާގެ މެންބަރަކަށް ވަޒީފާ ލިބުމަކީ ނާޖާއިޒް ފައިދާއެއް ނޫން

Author
ޙަސަން މުޙައްމަދު
10 ޖުލައި 2024 11:01
0

ކިޔަވައިގެން ހުރި ދަރިޔަކު، ނުވަތަ ޢާއިލާގެ މެންބަރަކަށް ވަޒީފާ ލިބުމަކީ ނާޖާއިޒް ފައިދާއެއް ނޫން ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް އެހެން ވިދާޅުވެފައިމިވަނީ އޭނާގެ ދަރިފުޅު އަބްދުﷲ މާހިލް ޝަހީމް އާއި އެއްބަޑު އެއްބަފާ ކޮއްކޮ އަހުމަދު ޝިފާޒް އަލީ ސައީދު ސަރުކާރުގެ އިސް މަގާމަކަށް އައްޔަންކުރުމާއި ގުޅިގެން އާއްމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ޝަހީމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އަމިއްލަފުޅު ދަރިޔަކު، ނުވަތަ ޢާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ޚިދުމަތްކުރަން އެމީހަކަށް ލިބޭ ފުރުޞަތަކީ ނާޖާއިޒްގޮތުގައި ހޯދައިދޭނެ ފުރުޞަތެއްނޫން ކަމުގައެވެ.

އަދި ދައުލަތުގެ މުދަލާއި މަޤާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށްވެސް ޝަހީމް ވިދާޅުވެފައި ވެއެވެ.

ޝަހީމުގެ ދަރިފުޅު އަށް މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ އިސް މަގާމަކަށް އައްޔަންކޮށްފައިވާއިރު ޝިފާޒް އައްޔަންކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ ނައިބަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.