ޖުވާ ކުޅޭ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކް ކުރަން ފަށައިފި

ޖުވާ ކުޅޭ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކް ކުރަން ފަށައިފި

ގުޅުންހުރި

ބެޓް ކޮށްގެން ގޭމް ކުޅުން ނުވަތަ ޖުވާކުޅެން ބޭނުން ކުރާ ވެބްސައިޓްތައް ރާއްޖޭގައި "ބްލޮކް" ކުރަން ފަށައިފި އެވެ.

ބެޓް ކުރާ ގޭމްތަކުން، ނުވަތަ ވެބް ސައިޓްތަކުން ލާރި ހޯދުމަކީ ދިވެހީންގެ ތެރޭގައި ކުޑަ ދިވަސްކޮޅެއްގެ ތެރޭގައިވަނީ ވަރަށް ބޮޑަށް އާންމު ވެގެން ގޮސްފައެވެ. ޖުވާ ކުޅުމުގައި ބައިވެރިވޭނެ ލިންކުތައް ވެސް މިހާރު ސޯޝަލް މީޑިއާ އާއި ޓެލެގްރާމް ގުރޫޕްތަކުގައި އަންނަނީ ދައުރުކުރަމުންނެވެ.

ފުލުހުން ބުނީ މިފަދަ ސައިޓްތައް ދެނެގަނެ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ގެ އެހީގައި "ބްލޮކް" ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

އެގޮތުން މިހާރު "ކިރަ ބެޓް" ނަމަކަށް ކިޔާ ސައިޓެއް ބްލޮކް ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ޖުވާ ކުޅުމަކީ ސީދާ ވަކި ކުށެއްގެ ގޮތުގައި ޤާނޫނުލްއުޤޫބާތުގައި ނެތް ނަމަވެސް، އިސްލާމް ދީނުގައި ހަރާމް ކޮންމެ ކަމެއް މަނާވާނެކަން ޤާނޫނުގައި ސާފުކޮށް ބަޔާންވެގެންވެއެވެ. އެކަމުގައި އެއްވެސް ބަހުސެއް ނެތެވެ.

ޖުވާކުޅުމަކީ މޮޅުވާ މީހާ ދެރަވާ މީހާގެ އަތުން އެއްޗެއް ހޯދުމަށް ޝަރުޠުކޮށްފައި ކުޅޭ ކުޅިވަރުތަކެވެ. އެފަދަ ކުޅިވަރުތައް ކުޅުން އިސްލާމްދީނުގައިވަނީ ނަހީކުރައްވާފައެވެ.

ޖުވާގެ ހުރިހާ ބާވަތެއްވެސް ޙަރާމްކަމުގައި ފިޤުހުވެރިން ވަނީ އިއްތިފާޤުވެ ވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ