އެމްޑީޕީގެ ނާއިބު ރައީސްކަމަށް ހިސާން އައްޔަން ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވައިފި

އެމްޑީޕީގެ ނާއިބު ރައީސްކަމަށް ހިސާން އައްޔަން ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވައިފި

Author
ޙަސަން މުޙައްމަދު
08 ޖުލައި 2024 01:10
0

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ލީގަލް ޑައިރެކްޓަރގެ ހިސާން ހުސެއިންގެ ނަން އެޕާޓީގެ ރައީސް އަބުދުﷲ ޝާހިދު ހުށަހަޅުއްވައިފިއެވެ.

ޝާހިދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއަށް އަށް މެދުކެނޑުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވަމުންގެންދަވާ، ޕާރޓީގެ ލީގަލް ޑިރެކްޓަރު އަލްއުސްތާޒާ އެޕާޓީގެ ނާއިބު ރައީސްކަމަށް އައްޔަން ކުރުމަށް ގަސްތުކޮށް، އޭނާ އެ މާގާމަށް ޢައްޔަނު ކުރުމަށް ޤައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް އަސާސީ ގަވާއިދުގައި ވާގޮތުގެމަތިން މިއަދު ހުށަހަޅާފައި ވާކަމަށެވެ.

ޝާހިދުގެ އެކްސް ޕޯސްޓުގައި ވިދާޅުވީ ޙިސާން ޙުސެއިން އެމްޑީޕީއަށާއި، ޕާޓީގެ މެމްބަރުންނަށް ކޮށްދެއްވާފައިވާ އިޙްލާސްތެރި ގިނަގުނަ ޚިދުމަތްތަކަށް ބަލާއިރު، އޭނާއަކީ މި މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅެއްކަމަށް ދެކޭ ކަމުގައެވެ.

އަދި އެމްޑީޕީގެ ލީޑަރޝިޕްގައި މިވަގުތު އަންހެން ބޭފުޅުން މަދުކަމާއެކު މި ނިންމުމުގައި އެކަމަށްވެސް އަޅުގަޑު ރިއާޔަތް ކޮށްފައިވާނޭކަމަށްވެސް ޝާހިދު ވިދާޅުވެފައި ވެއެވެ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.