ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން، އެފްއާރުއެސްއިން މާލޭގެ މަގުތަކުން ފެން ހިންދައިފި

ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން، އެފްއާރުއެސްއިން މާލޭގެ މަގުތަކުން ފެން ހިންދައިފި

Author
ޙަސަން މުޙައްމަދު
08 ޖުލައި 2024 11:20
0
މާލެއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މާލޭގެ މަގުތަކުން ފެން ހިންދައިފިއެވެ.
ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމުން ރޭ 12:40 ހާއިރުން ފެށިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އައިޖީއެމްއެޗް ސަރަހައްދާއި ވެސްޓް ޕާކު ކައިރީގެ ދެ ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދާލެވުނީ ރޭ 03:45 ހާއިރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.