ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ރައީސް ބައިވެރިވެވަޑައިގަންނަވާ ހަރުގެ ޖަލްސާ އޮންނާނީ މިރޭ 20:30 ގައި އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެ ޕާޓީގެ ހަރުގޭގައި ކަމަށެވެ.
އެ ކޯލިޝަނުން ވަނީ ރައީސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފައެވެ.
މިރޭގެ ހަރުގެ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އިރު، އެމަނިކުފާނު ވަނީ ޕީއެންސީ ހަރުގެ ހުޅުވުމުގެ ޖަލްސާގައިވެސް ބައިވެރިވަޑައިގެންފައެވެ. އެ ޖަލްސާ ބާއްވާފައި އޮތީ މި އަހަރުގެ އަޟްހާ އީދު ބަންދަށް ފަހުގައެވެ.
ކޮމެންޓު ފޮނުވާ