އެމްޑީޕީ ދާއިރާތަކުގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ

އެމްޑީޕީ ދާއިރާތަކުގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ

Author
އަހުމަދު
07 ޖުލައި 2024 03:36
0

އެމްޑީޕީގެ ދާއިރާތަކުންނާއި ރަށްރަށުގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ ޕާޓީން ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތި ލެވޭނީ މިމަހުގެ އެއްވަނަ ދުވަހުގެ ކުރިން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސްގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ކަމަށެވެ. އަދި މަގާމަށް ކުރިމަތިލާ މީހުންނަކީ ފާއިތުވި ފަސް އަހަރު ތެރޭގައި އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފުވެފައި ނުވާ މީހަކަށް ވާންޖެހޭ ކަމަށް އިއުލާންގައިވެއެވެ.

އިންތިހާބު އޮންނާނީ އަންނަ އޮގަސްޓު މަހުގެ ދެވަނަ ދުވަހުއެވެ.

އެ މަގާމްތަކަށް ކުރިމަތި ލާން ބޭނުންވާ ޕާޓީގެ މެންބަރުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު މި މަހުގެ 13 ވާ ހޮނިހިރު ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅުމަށް އެމްޑީީޕީން ވަނީ އެދިފައެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ނިންމާފައި އޮތީ 103 ރަށު ނައިބު ރައީސުންނާއި 13 ދާއިރާގެ ނައިބު ރައީސުން ހޮވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.