1446 ވަނަ އަހަރުގެ ހިޖުރީ އައު އަހަރުގެ ތަހުނިޔާ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ދިވެހި ރައްޔިތުންނަށް ފޮނުއްވަވައިފިއެވެ.
ރައީސް ސާލިޙު ވިދާޅުވެފައިވަނީ، ހިޖުރީ ސަނަތުން މި ފެށޭ 1446 ވަނަ އަހަރުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި އެންމެހާ މުސްލިމުންނަށް ތަހުނިޔާއާއި ހެޔޮއެދުން އަރިސްކުރައްވާ ކަމަށެވެ.
ހިޖުރީ ސަނަތުން މި ފެށޭ 1446 ވަނަ
އަހަރުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި އެންމެހާ މުސްލިމުންނަށް ތަހުނިޔާއާއި ހެޔޮއެދުން އަރިސްކުރަން. މިފެށޭ އައު އަހަރަކީ، އަޅުގަނޑުމެންނަށް ކާމިޔާބު އަދި ހުރިހާ ގޮތަކުންވެސް އުފާވެރި އަހަރެއްކަމުގަ ލައްވާށި. އާމީން— Ibrahim Mohamed Solih (@ibusolih) July 7, 2024
މި ފެށޭ އައު އަހަރަކީ، ކާމިޔާބު އަދި ހުރިހާ ގޮތަކުންވެސް އުފާވެރި އަހަރެއްކަމުގައި ލެއްވުމަށް އެދި ދުއާ ކުރައްވާކަންވެސް ރައީސް ސާލިޙުގެ ތަހުނިޔާގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.