މާލޭގެ އޮފީހަކުން 1.5 މިލިއަން ރުފިޔާ ވަގަށް ނެގި 5 މީހަކު ހައްޔަރުކޮށްފި

މާލޭގެ އޮފީހަކުން 1.5 މިލިއަން ރުފިޔާ ވަގަށް ނެގި 5 މީހަކު ހައްޔަރުކޮށްފި

ގުޅުންހުރި

މާލޭގެ އޮފީހަކުން 1.5 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ތުހުމަތުގައި 5 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިފައިސާ ވަގަށް ނަގާފައި ވަނީ މާލޭގެ އަލިހަވާ ބިލްޑިންގގެ 8 ވަނަ ފަންގިފިލާއިންނެވެ. މި ހާދިސާ ހިނގާފައިވަނީ ފާއިތުވި އެޕްރިލްމަހުގެ 1 ވަނަ ދުވަހުއެވެ.

ފުލުހުން ހައްޔަރު ކޮށްފައިވާ ބައެއް މީހުންގެ ބަންދު އަމުރުގައި ބުނެފައިވަނީ މި ހާދިސާއަކީ އިންތިޒާމްވެގެން ރާވައިގެން ގިނަބަޔަކު ބައިވެރިވެގެން ކޮށްފައިވާ ކަމެއް ކަމަށް އެގެން އޮތް ކަމުގައެވެ.

ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު  ހާމަކޮށްފައިވާ ގޮތުގައި ވައްކަން ކޮށްފައި ވަނީ އެ އިމާރާތުގެ އަށް ވަނަ ފަންގިފިލާގައި ހިންގަމުންދާ އަލިހަވާ ޓްރޭޑިންގ ކޮމްޕެނީގެ އޮފީހުންނެވެ. އަދި މިމައްސަލާގައި ހައްޔަރު ކޮށްފައިވާ 5 މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 31އ، 33އ، 34އ، 35އ، އަދި 38އ، ގެ ދިވެހި ފިރިހެނުންނެވެ.

5 މީހުންގެ ތެރެއިން އެގެއްގެ ބަންދަށް ކުރިމިނަލް ކޯޓުންވަނީ 15 ދުވަސް ޖަހާފައެވެ. އެއީ މިމައްސަލާގައި އެންމެ ފަހުން ހައްޔަރުކުރި، އއ. މަތިވެރިއަށް ނިސްބަތްވާ 33 އަހަރުގެ ފިރިހެނެކެވެ. އެނާއަކީ  ރެކޯޑް އޮންނަ މީހެކެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ