ކުންފުނީގެ ނަމުގައި ސްކޭމް ލިންކުތަކެއް ފޮނުވާތީ ސަމާލުވުމަށް އެމްޓީސީސީން އެދިއްޖެ

ކުންފުނީގެ ނަމުގައި ސްކޭމް ލިންކުތަކެއް ފޮނުވާތީ ސަމާލުވުމަށް އެމްޓީސީސީން އެދިއްޖެ

Author
ޙަސަން މުޙައްމަދު
06 ޖުލައި 2024 04:05
0

މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) ގެ ނަމުގައި ސްކޭމް ލިންކުތަކެއް ފޮނުވަމުން ދާތީ ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސް ކޮށްފިއެވެ.

އެ ކުންފުނިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވައި ވަނީ އެ ކުންފުނިން ޔޫރޯ ފުޓްބޯޅަ މުބާރާތާއި ގުޅިން ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ބައިވެރިންނަށް އަމާޒުކޮށް އޮޅުވާލައިގެން ޕިޝިން ސްކޭމް އެއް ހިންގާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި އަދި ޕްރޮމޯޝަންގައި ބައިވެރިވި އެއްވެސް ފަރާތަކަށް ވަކި ވަގުތެއްގެ ކުރިން ރަޖިސްޓާވުމަށް ބުނެ އެއްވެސް މެސެޖެއް އެ ކުންފުނިން ނުފޮނުވާ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ވަނީ މިފަދަ ސްކޭމެއްގައި ޖެހި ޕާސްވޯޑް ދެވިފައި ވާނަމަ ޕާސްވޯޑް ބަދަލުކުރުމަށާއި އޯޓީޕީ އެއްވެސް ފަރާތަކާއި ހިއްސާނުކުރުމަށް އިލްތިމާސްކޮށްފައެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ނިމުނު މަހުގައި އެކަނިވެސް މަކަރާއި ހީލަތުގެ 50 މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.