މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ހުށަހެޅި ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދު

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ހުށަހެޅި ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދު

Author
ޙަސަން މުޙައްމަދު
06 ޖުލައި 2024 12:57
0

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ހުށަހެޅި ވައްކަމާއި ފޭރުމުގެ މައްސަލަތައް ކުރީއަހަރުގެ އެމުއްދަތާ އަޅާބަލާއިރު މަދުވެފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފޭރުމާއި ވައްކަމުގެ ޖުމްލަ 2،147 މައްސަލަ އެ މުވައްސަސާއަށް ހުށަހަޅާފައިވެ އެވެ. އަދި ފާއިތުވިއަހަރުގެ މިމުއްދަތުގައި ޕޮލިހަށް ހުށަހަޅާފައިވަނީ ފޭރުމާއި ވައްކަމުގެ 1،693 މައްސަލަ އެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލަތައްވެސް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ 843 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، ފާއިތުވިއަހަރުގެ މި މުއްދަތުގައި ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ 945 މައްސަލައެކެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާރާމާރީ އާއި ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތައް ރިޕޯޓްކުރެވުނު އަދަދުވެސް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން މާރާމާރީގެ 346 މައްސަލަ މި އަހަރު ފުލުހުންނަށް ހުށަހެޅުނުއިރު ތަކެއްޗަށް ގެއްލުން ދިނުމުގެ 365 މައްސަލަ ހުށަހެޅިފައިވެ އެވެ.

ފުލުހުންނަށް މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހުށަހެޅީ މާރާމާރީގެ 291 މައްސަލަ އާއި ތަކެއްޗަށް ގެއްލުން ދިނުމުގެ 253 މައްސަލަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރެވުނު އަދަދުވެސް ވަނީ ދަށަށް ގޮސްފަ އެވެ.

ގެވެށި އަނިޔާގެ 131 މައްސަލަ އަދި ޖިންސީ ގޯނާގެ 160 މައްސަލަ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުށަހެޅުނީ ގެވެށި އަނިޔާގެ 110 މައްސަލަ އާއި ޖިންސީ ގޯނާގެ 142 މައްސަލަ އެވެ.

ފުލުހުންނަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހުށަހެޅުނު މަސްތުވާތަކެއްޗާއި ފޭރުން އަދި ވައްކަމުގެ މައްސަލަތައްވެސް ވަނީ ދަށަށް ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.