ވިއްސާރާގައި އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ފުރާޅު އެއްލާލައިފި

ވިއްސާރާގައި އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ފުރާޅު އެއްލާލައިފި

Author
ޙަސަން މުޙައްމަދު
05 ޖުލައި 2024 04:38
0
ވިއްސާރައިގައި އައްޑޫ ސިޓީ ހިތަދޫ، އަސްރާރު މަންޒިލް ގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި، މިއަދު ހެނދުނު 09:41 ހާއިރު ހިތަދޫ އެ ގޭގެ ފުރާޅު އެއްލާލުމުން ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެ ގެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ވަގުތީގޮތުން އެ ފުރާޅު އަޅައިދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.