މަގުމަތިން ހޮވި 2،000 ރުފިޔާގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާން ކޮށްފި

މަގުމަތިން ހޮވި 2،000 ރުފިޔާގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާން ކޮށްފި

ގުޅުންހުރި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ. އޭގެ ތެރޭގައި މަގުމަތިން ހޮވި 2،000 ރުފިޔާވެސް ހިމެނެއެވެ.

ފުލުހުން ބުނެފައިވަނީ މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމުގައެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިކަމަށްވެސް ބުނެފައި ވެއެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:

ގަލޮޅު ޕޮލިސް ސްޓޭޝަން

ޖޫން 19 ވަނަ ދުވަހު އަނޯނާ ގޯޅިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާކުރި މީހެއްގެ އަތުން ފެނިފަިއވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ، ދަގަނޑުގައި އަޅުވާ 33 ބިޑި. އިންސިޑެންޓް ނަންބަރު 602151

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައި ވެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށްވެސް އެދިފައި ވެއެވެ.

ހެންވޭރު ޕޮލިސް ސްޓޭޝަން

ޖުލައި 1 ވަނަ ދުވަހު ސޯސަންމަގު، ޝޮޕް އެންޑް ސޭވް ފިހާރަ ކުރިމަތިން ހޮވައިގެން ގެނެސްފައިވާ 2000 ރުފިޔާ. އިންސިޑެންޓް ނަންބަރު 603601

މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން ފުލުހުން އެދިފައި ވެއެވ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށްވެސް އެދިފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ