އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި

އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި

Author
އަހުމަދު
03 ޖުލައި 2024 05:31
0

އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ސިއްހީ ފަރުވާދޭ އަގުތައް ބޮޑުވެފައިވާތީ އެ ހޮސްޕިޓަލަށް އާސަންދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އެ ހޮސްޕިޓަލުން އާސަންދަ ހިދުމަތް ދިނުން ވަގުތީ ގޮތުން މަޑުޖައްސާލީ ހިދުމަތް ހޯދާ ދިވެހިންގެ އަތުން އިތުރަށް ފައިސާ ނަގަމުން އަންނަ ކަމުގެ ޝަކުވާ ލިބިފައިވާތީ ކަމަށެވެ. އަދި ހިދުމަތް މަޑުޖައްސާލައި ހޮސްޕިޓަލާ އެކީގައި މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވި ގޮތުގައި އާސަންދަ ނުލިބޭނީ އަލަށް ފަރުވާ ކުރަން އަންނަ މީހުންނަށެވެ. އެކަމަކު، މިހާރު ފަރުވާ ހޯދަމުން އަންނަ މީހުންނަށް އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ބެންގަލޫރްގައި ހުންނަ މަނިޕާލް ހޮސްޕިޓަލަކީ އެންމެ އަގު ބޮޑު ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލާ އެކުގައި އިންޑިއާގެ 49 ތަނަކުން އާސަންދައިގެ ހިދުމަތް ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.