ޗާރޓެޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް ސްކޮލަރޝިޕްގެ 100 ފުރުސަތު ހުޅުވާލައިފި

ޗާރޓެޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް ސްކޮލަރޝިޕްގެ 100 ފުރުސަތު ހުޅުވާލައިފި

ގުޅުންހުރި

ރާއްޖޭގައި ޕްރޮފެޝަނަލް ޗާރޓެޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް 100 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފިއެެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން 'ޕްރޮފެޝަނަލް އެކައުންޓެންޓްސް ޓްރެއިނިންގ ސްކޮލަރޝިޕް ސްކީމް 2024’ގެ ނަމުގައި ހުޅުވާލާފައިވާ, މި ސްކޮލަރޝިޕް ފުރުސަތަށް ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖުލައި 2024 ވާ ބުދަ ދުވަހުގެ 13:00 އެވެ.

ޗާރޓެޑް އެކައުންޓެންޓުން ތަމްރީނު ކުރުމުގެ މި 100 ފުރުސަތު ބަހާލާފައިވާ 2 ބަޔަކީ ޕަބްލިކް ކެޓަގަރީއާއި އޯޕަން ކެޓަގަރީއެވެ. ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކަށް ހުޅުވާލެވިފައިވާ 50 ފުރުސަތެވެ. އަދި ދެވަނަ ކެޓަގަރީގައި ހިމެނެނީ އަމިއްލަ އިދާރާތަކުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ވަޒީފާގައި ނޫޅޭ ފަރާތްތަކަށް ހުޅުވާލެވިފައިވާ 50 ފުރުސަތެވެ.

މި ސްކޮލަރޝިޕްގެ ދާއިރާ އަކީ އެސޯސިއޭޝަން އޮފް ޗާރޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA) ސްކިލްސް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް، ޗާރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓެންޓްސް (CIMA) މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓީޖިކް ލެވެލް އެވެ.

މި ސްކޮލަޝިޕަށް ހުށަހެޅުމުގެ ޝަރުތުތައް:

ACCA ސްކިލްސް ލެވެލް ނުވަތަ ޕްރޮފެޝަނަލް ލެވެލް އަށް ވަނުމުގެ ޝަރުޠު ފުރިހަމަވުން.* CIMA މެނޭޖްމަންޓް ލެވެލް ނުވަތަ ސްޓްރެޓީޖިކް ލެވެލް އަށް ވަނުމުގެ ޝަރުޠު ފުރިހަމަވުން.* ހަޔަރ އެޑިއުކޭޝަނުން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.* އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއްފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ސްކޮލަޝިޕަށް އެޕްލިކޭޝަން ހުށަހަޅާނީ މެދުވެރިކޮށް ކަަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ