ސްޓެލްކޯއަށް 2024 ގައި 138 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް!

ސްޓެލްކޯއަށް 2024 ގައި 138 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް!

ގުޅުންހުރި

ހ. މާލެ | 21 މާރޗް 2025 – ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް 2023 ވަނަ އަހަރު 172 މިލިއަން ރުފިޔާގެ ގެއްލުން ވުމަށްފަހު، 2024 ވަނަ އަހަރު 138 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ އެކްސް ޕްލެޓްފޯމްގައި ހިއްސާކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، މިއީ މިދިޔަ ހަ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ފައިދާއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2018 އިން 2022 އަށް ކުންފުނިން ވަނީ އެވްރެޖްކޮށް 111 މިލިއަން ރުފިޔާގެ ފައިދާ ހޯދާފައެވެ.

"ކުންފުނިން މިހާ ބޮޑު ފައިދާއެއް ހޯދަން މަގުފަހިވީ ވަސީލަތްތައް ހަރުދަނާ ގޮތުގައި ބޭނުންކުރުމާއި، އިސްރާފު ކުޑަކުރުމާއި އަދި ހިންގުމުގެ ނިޒާމު ހަރުދަނާ ކުރެވުނު ކަމުގެ ސަބަބުން،" ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ މާލީ ހާލަތު ދާދި ފަހުގެ އަހަރުތަކުގައި ވަނީ ޤަވާއިދުން ރަނގަޅު ނަތީޖާ ދައްކަމުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރު 105 މިލިއަން ރުފިޔާ، 2019 ގައި 109 މިލިއަން ރުފިޔާ، 2020 ގައި 130 މިލިއަން ރުފިޔާ، 2021 ގައި 105 މިލިއަން ރުފިޔާ އަދި 2022 ވަނަ އަހަރު 107 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާއިރު، 2023 ގައި ކުންފުންޏަށް ވަނީ 172 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވެފައެވެ.

އިޤްތިޞާދީ މާހިރުންގެ ދެކޭގޮތުގައި، 2023 ވަނަ އަހަރު ލިބުނު ބޮޑު ގެއްލުމަށްފަހު، 2024 ވަނަ އަހަރު ކުންފުނިން މިފަދަ ބޮޑު ފައިދާއެއް ހޯދުމަކީ ކުންފުނީގެ މާލީ ހާލަތު އަލުން ރަނގަޅުވަމުން އަންނަކަމުގެ ހެއްކެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ