ސަމާހު ބަންދު ނުކުރަން ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރިމް ކޯޓުން ތާއީދު ކޮށްފި

ސަމާހު ބަންދު ނުކުރަން ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރިމް ކޯޓުން ތާއީދު ކޮށްފި

ގުޅުންހުރި

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ ވ. ކެޔޮދޫ/ ދޭލިއާގޭ، މޫސާ އަހުމަދު މަނިކު މަރާލި މައްސަލައިގައި ދައުވާކުރާ، އދ. މާމިގިލީ/ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ ބަންދު ނުކުރަން ހައިކޯޓުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމުން، އޭނާ ބަންދުން ދޫވެފައިވަނިކޮށް އަލުން އޭނާ ބަންދު ކުރަން ސުޕްރީމް ކޯޓުން އަމުރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހައިކޯޓަށް ފޮނުވި މައްސަލައިގައި ސައްމާހު ބަންދު ނުކުރަށް ދެވަނަ ފަހަރުވެސް ހައިކޯޓުން ހުކުމް ކުރުމުން، ޕޖީން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެވެ.

މި މައްސަލައިގައި ދައުލަތުން އެދިފައި ވަނީ، ސައްމާހު ބަންދު ނުކުރަން ހައިކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާ ބަންދުކުރަން އެ މައްސަލަ ހައިކޯޓަށް އަލުން ފޮނުވުމަށެވެ.

ނަމަވެސް މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ އޭނާ ބަންދު ނުކުރުމަށް ހައިކޯޓުން ނިންމި ނިންމުމަށް މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗްގައި ތިއްބެވި ތިން ފަނޑީޔާރުންގެ އިއްތިފާގުން ނިންމާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ