ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތަކަށް ވަގުތީ ބަދަލުތަކެއް ގެނެސްފި

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތަކަށް ވަގުތީ ބަދަލުތަކެއް ގެނެސްފި

ގުޅުންހުރި

ރަމަޟާންމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކަކަށް ވުމާ ގުޅިގެން، ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކަށް ވަގުތީ ބަދަލުތަކެއް ގެނެސްފިއެވެ.

އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްތަކާއި، ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފިއެވެ. މިގޮތުން 5 މާރިޗު 2025 އިން 20 އޭޕްރީލް 2025 އާ ދެމެދު މުއްދަތު ހަމަވާ އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްތަކުގެ މުއްދަތު 5 މެއި 2025 ގެ ނިޔަލަށް އިތުރުކުރެވޭނެއެވެ.

މީގެ އިތުރުން، 5 މާރިޗު 2025 އިން ފެށިގެން މުއްދަތު ހަމަވާ ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތުވެސް 5 މެއި 2025 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މިނިސްޓްރީއަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކާ ގުޅިގެން ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅުމަށް 23 މާރިޗު 2025 އިން 30 މާރިޗު 2025 އަށް (ހުކުރު އަދި ހޮނިހިރު ފިޔަވައި) ހެނދުނު 11:00 އިން މެންދުރު 13:00 އަށް އުމަރު ޒާހިރް އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ އެ މިނިސްޓްރީއަށް ޚާއްސަކުރެވިފައިވާ ކައުންޓަރު ހުޅުވިފައި ހުންނާނެއެވެ.

ފަހު ދިހައިގެ ދުވަސްތަކުގައި އެ މިނިސްޓްރީގެ ކޯލް ސެންޓަރު ބަންދުވާނެއެވެ. އެހެން ނަމަވެސް މެރިޓައިމް ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ ޚިދުމަތްތަކާ ގުޅޭގޮތުން ކޮންމެހެން ގުޅަންޖެހޭ ޙާލަތްތަކުގައި ހެނދުނު 9:00 އިން މެންދުރު 13:00 އާ ދެމެދު 7212719 ނަންބަރަށް ގުޅުމަށްފަހު މަޢުލޫމާތު ސާފުކުރެވޭނެއެވެ.

މި ބަދަލުތައް ގެނެވިފައިވަނީ ރަމަޟާންމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނަމަވެސް މި ދުވަސްތަކުގައި ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ