ތަޙުގީގުކުރަމުންދާ ސިހުރުގެ މައްސަލަ ހުށަހެޅީ ރައީސްގެ އާއިލާއިން ކަމަށް ބުނާވާހަކަ ފުލުހުންވެސް ދޮގު ކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާ ގާތްވުމަށް ސިހުރު ހެދި ކަމުގެ މައްސަލަ ހުށަހެޅުއްވީ ރައީސް މުއިއްޒުކަމަށް މީޑިއަތަކުގައި ދެކެވެމުންދާ ވާހަކަ ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ދޮގު ކުރައްވާފައިވަނިކޮށް އެކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވެސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އަދީ އޭނާވެސް ވަނީ ރައީސްއާއި ގުޅުވައިގެން ދެކެވެމުންދާ ވާހަކަތައް ދޮގު ކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްޤީގުކުރަމުން ގެންދާ، ހ. މެލްބަން، ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމްއާއި އިތުރު ބަޔަކު ބައިވެރިވެގެން ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިޔާއާއި އެމަނިކުފާނުގެ އާއިލާއިން ހުށަހަޅައިގެން ތަޙުޤީގުކުރަމުންދާ… https://t.co/V7ZFy7hjtM
— Ahmed Shifan (@Shifan4040) July 1, 2024
ސިހުރުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވަނީ ދޮގު ކޮށްފައެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ ރައީސް މުއިއްޒު ކަމަށެވެ. ނަމަވެސް ސަރުކާރުގެ ތަރުޖަމަން މިއަދުވަނީ އެ ރިޕޯޓުތައް ދޮގު ކޮށްފައެވެ. ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒާއި އަދި އެމަނިކުފާނުގެ އާއިލާއިން ވެސް އެފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
ހީނާ ވިދާޅުވީ، ހ. މެލްބަން، ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އިތުރު 2 މީހަކު ބައިވެރިވެގެން ސިހުރު ހަދާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ތަހުގީގު ކުރާ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއިން ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމުގައެވެ.
ހ.މެލްބަން، ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް އާއި އިތުރު 2 މީހަކު ބައިވެރިވެގެން ސިހުރު ހަދާކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ތަޙްޤީޤްކުރާ މައްސަލައާއި ގުޅިގެން ދަންނަވަމެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު…
— Heena Waleed (@MvSpokesperson) July 1, 2024
ފުލުހުން މިއަދު ބުނީ ކްރިމިނަލް ކޯޓުން ޝަމްނާޒުގެ ބަންދަށާއި އަދި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިތުރު އަންހެނެއްގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ޝަމްނާޒު ވަނީ މަގާމުން ސަސްޕެންޑު ކޮށްފައެވެ.
ޝަމްނާޒަކީ ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއް ކަމަށްވާ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. ޝަމްނާޒުގެ މައްސަލަ ފެންމަތިވި ހިސާބުން، ރަމީޒު ވެސް ވަނީ މަގާމުން ސަސްޕެންޑު ކޮށްފައެވެ.