އެމްޑީޕީގެ ގައުމީ މަޖިލިހުގެ ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލާން ހުޅުވާލައިފި

އެމްޑީޕީގެ ގައުމީ މަޖިލިހުގެ ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލާން ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
01 ޖުލައި 2024 11:34
0

އެމްޑީޕީގެ ޤައުމީ މަޖިލިސްގެ ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިިފިއެވެ. އެ ޕާޓީން ކުރި އިއުލާނެއްގައި ބުނީ އިންތިޚާބު އޮންނާނީ އޯގަސްޓް 7 ވާ ހުކުރު ދުވަހު ކަމަށެވެ.

އެ ޕާޓީގެ ގައުމީ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތުތައް

• 1 ޖުލައި 2024 އާއި ހަމައަށް މިޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުން

• ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއްކަމުގައިވުން

އެ ޕާޓީން ބުނީ ހުސްވެފައިވާ މަގާމްތަކަށް ކުރިމަތި ލާން ބޭނުންވާ މެންބަރުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 07 ޖުލައިގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅުމަށް އެދެ ކަމަަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.