ވޯލްޑް ބޭންކުން ރާއްޖެއަށް އާ ކަންޓްރީ މެނޭޖަރެއް އައްޔަން ކޮށްފި

ވޯލްޑް ބޭންކުން ރާއްޖެއަށް އާ ކަންޓްރީ މެނޭޖަރެއް އައްޔަން ކޮށްފި

ގުޅުންހުރި

ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައެޅުއްވި އާ ކަންޓްރީ މެނޭޖަރުގެ މަގާމަށް މިސްޓަރ ގެވޯގް ސާގްސްޔަން އައްޔަންކުރައްވައިފިއެވެ.

އަރްމީނިއާގެ ރައްޔިތެއް ކަމަށްވާ ސަރްގްސްޔަން ވޯލްޑް ބޭންކާ ގުޅިވަޑައިގަތީ 2000 ވަނަ އަހަރުއެވެ. އޭނާވަނީ މާލީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.

ވޯލްޑް ބޭންކުގައި އޭނާ ވަނީ ޔޫރަޕް، ސެންޓްރަލް އޭޝިއާ އަދި އީސްޓް އޭޝިއާގެ ކަންޓްރީ މެނޭޖަރު ކަމާއި މެނޭޖަރު އޮފް އޮޕަރޭޝަންސްގެ މަގާމާއި ކްލައިމެޓް ފައިނޭންސްގެ ޕްރޮގްރާމް މެނޭޖަރުކަމާއި ގްލޯބަލް ލީޑް ފޯ ކްލީން އެނާޖީގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ. އޭނާ އެންމެ ފަހުން ހަވާލުވެވަޑައިގަތީ ކީވްގައި ހުންނަ ޔޫކްރެއިންގެ ކަންޓްރީ މެނޭޖަރުގެ މަގާމުގަ އެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ރާއްޖޭގެ ޕާޓްނަރުންނާއި ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މަސައްކަތް ކުރުމަށް،" ސާގްސްޔަން ވިދާޅުވި އެވެ. "އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދެނީ ވޯލްޑް ބޭންކުން ދިވެހި ސަރުކާރާ އެކު ބަދަހި ގުޅުމެއް ބަދަހިކޮށް، އަމިއްލަ ގައުމުގައި އުފެދިފައިވާ އިގްތިސާދީ އިސްލާހުތައް ތަންފީޒު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ރެޒިލިއަންޓް އިގްތިސާދެއް ބިނާ ކުރުމަށް ޓަކައި ރާއްޖެއިން ބޭނުންވާ މީހުންނާއި މޫސުމާއި އުމްރާނީ ތަރައްގީއަށް އިންވެސްޓް ކުރުމުގެ ޖާގަ ފަހިކޮށްދިނުން."

ސަރްގްސްޔަންގެ އާ ދައުރުގައި، ގާތްގަނޑަކަށް 217 މިލިއަން ޑޮލަރުގެ ޕޯޓްފޯލިއޯއެއް ބެލެހެއްޓުމާއި ވޯލްޑް ބޭންކުގެ ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް ފޯ މޯލްޑިވްސް ތަންފީޒު ކުރުމުގެ ކަންކަން ބަލަހައްޓަވާނެ އެވެ.

ވޯލްޑް ބޭންކާއި ރާއްޖެއާ ދެމެދު 45 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ވަރުގަދަ ޕާޓްނަޝިޕެއް ގާއިމްވެފައި އެބައޮތެވެ. ރާއްޖޭގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކުގެ ޕްރޮގްރާމުތަކުގެ ތެރޭގައި ހިމެނެނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) ގެ ހިލޭ އެހީގެ ދަށުން ހިންގާ 10 ޕްރޮޖެކްޓަކާއި ސަރަހައްދީ ޕްރޮޖެކްޓަކާއި 217 މިލިއަން ޑޮލަރުގެ ނެޓް ކޮމިޓްމަންޓަކަށް އައިޑީއޭ ގެރެންޓީ އޮޕަރޭޝަނެކެވެ.

މި ޕްރޮޖެކްޓްތަކަކީ އިޔާދަކުރަނިވި ހަކަތަ، ވާދަވެރިކަމާއި ކުރިއެރުމާއި ޔޫތު ރެޒިލިއަންސް އެންޑް އެމްޕްލޯއިބިލިޓީ، ޑިޖިޓަލް ޑިވެލޮޕްމަންޓް، އާބަން ޑިވެލޮޕްމަންޓް، ސޮލިޑް ވޭސްޓް މެނޭޖްމަންޓް، ކޮވިޑް-19 ރެސްޕޮންސް، މަސްވެރިކަމާއި ލޭބާ، ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ރައްކާތެރިކަން ފަދަ ކަންކަމާއި ގުޅުންހުރި މަޝްރޫއުތަކެވެ. މީގެ އިތުރުން މެކްރޯ ފިސްކަލް މޮނިޓަރިން، ޕޮލިސީސް އެންޑް އެނަލިސިސް، ފައިނޭންޝަލް ސެކްޓާ، ސޯޝަލް ޕްރޮޓެކްޝަން އަދި ފަގީރުކަމުގެ ދާއިރާއިން ވެސް ވޯލްޑް ބޭންކުން އެނަލިޓިކަލް ސަޕޯޓް ދެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ