އެމްކިއުއޭ އެކްރެޑިޓެޑް ކޯހެއް ފުރިހަމަ ނުކޮށް ކައުންސިލަރުންނަށް ހުވާ ނުކުރެވޭ ގޮތް ހަދަނީ

އެމްކިއުއޭ އެކްރެޑިޓެޑް ކޯހެއް ފުރިހަމަ ނުކޮށް ކައުންސިލަރުންނަށް ހުވާ ނުކުރެވޭ ގޮތް ހަދަނީ

ރާއްޖެގެ ރަށްރަށުގެ ކައުންސިލްތަކަށް އިންތިޚާބުވާ ކައުންސިލަރުން ޕާޓީތަކުގެ ކުލަ ދޫކޮށް ގާނޫނީ ޒިންމާ އަދާ ކުރަމުން ނުދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި، އެލްޖީއެގެ މިހާރުގެ ވިސްނުމަކީ އެމްކިއުއޭ އެކްރެޑިޓެޑް ކޯހެއް ފުރިހަމަ ނުކޮށް ކައުންސިލަރުންނަށް ހުވާކުރުމުގެ މަރުހަލާ ކަޑައްތު ނުކުރެވޭ ގޮތް ހެދުން ކަމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މަޖިލިހުގެ ލާމަރުކަޒީ ކޮމެޓީގައި ވާހަކަފުޅު ދަކަވަމުންނެވެ.

ލާމަރުކަޒީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޒުލްފާ ވިދާޅުވީ ކައުންސިލަރުން ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރަމުން ނުދާކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި، އޭގެ ބޭނުމަކީ ދިނުމުން ރައްޔިތުން އިންތިޚާބުކުރާ ކައުންސިލަރުންނަކީ ޤާނޫނުގައި ބުނާ ކަންކަން ރަނގަޅަށް އެނގޭ ބައެއްކަން ކަށަވަރު ކުރުން ކަމުގައެވެ.

އެގޮތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިއުއޭއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއް ތައްޔާރުކޮށްގެން ކައުންސިލަރުން ތަމްރީން ކުރުމުން އެ މަގުސަދު ހާސިލް ކުރެވޭނެކަމަށް ޒުލްފާ ވިދާޅުވިއެވެ.

އަޅުގަނޑުގެ ވިސްނުމަކީ އެމްކިއުއޭ އެކްރެޑިޓެޑް ކޯހެއް ފުރިހަމަކޮށްފައި ނޫނިއްޔާ ހުވާކުރުމުގެ މަރުޙަލާ ކަނޑައްތު ނުކުރެވޭ ގޮތް ހެދުން. މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީތަކުގެ ކުލަ ދޫކޮށްފައި ޤާނޫނުގައި ބުނާ ކަންތައްތައް ކުރުމުގެ ރޫހެއް ބައެއް ކައުންސިލަރުން ނުގެންގުޅުއްވާ. ރައްޔިތުން އެދޭ ކަންކަން އެޖެންޑާ ނުކޮށްދެއްވާ.

ޑރ. ޒުލްފާ ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގައި ވާގޮތުން، ރަށުގެ ތަރައްގީއާއި، ހިންގުމާއި، ރަށްވެހިކަމުގެ ހުރިހާ ޚިދުމަތެއް ދިނުމަކީވެސް އިންތިޚާބުކުރާ ކައުންސިލްގެ ޒިންމާއެކެވެ. އޭގެ އިތުރަށް ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ރަށުގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި އަތޮޅު ކައުންސިލާއި ސަރުކާރާ ޙިއްސާކުރުމަކީ ވެސް ރަށު ކައުންސިލުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *