ނޭޕާލް މީހާ ރަހީނުކުރި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ޝަރީއަތް ބަންދުކުރަން އަމުރު ކޮށްފި

ނޭޕާލް މީހާ ރަހީނުކުރި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ޝަރީއަތް ބަންދުކުރަން އަމުރު ކޮށްފި

Author
ޙަސަން މުޙައްމަދު
28 ޖޫން 2024 07:45
0

މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ނޭޕާލް މީހަކު ރަހީނު ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުގެރޭ ނޭޕާލްގެ މީހާ ރަހީނުކުރި މައްސަލައިގައި ހައްޔަރު ކުރީ ބަންގްލާދޭޝްގެ ޝަމީމް މިއާ (30 އ). އޭނާއާއެކުގައި އިތުރު މީހަކު ހައްޔަރު ކުރި ނަމަވެސް ފަހުން ވަނީ އެމީހާ ދޫކޮށްލައިފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ޝަމީމް މިއާ މީހާ އެންމެ ފަހުން ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ. އެމީހާގެ ބަންދަށް އެންމެ ފުރަތަމަ ދިނީ 10 ދުވަހެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ހުށަހެޅިފައިވާ ހެކިންގެ ބަޔާންތަކާއި ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓުތަކުންނާއި ތަހުގީގު ކުރާ ފަރާތުން ކިޔައިދީފައިވާ ގޮތުގައި ޝަމީމް މިއާ އެހެން މީހަކާ ބައިވެރިވެގެން މީހަކު ރަހީނުކޮށްފައިވާ ކަމަށް ފެންނަ ކަމަށެވެ.

ޝަމީމް މިއާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތު އޮތް ކަމަށް ދެކޭ ސަބަބުގެ ގޮތުގައި އަމުރުގައި ބުނެފައިވަނީ އޭނާއަކީ ބަންގްލަދޭޝްގެ ރައްޔިތަކަށްވުމުން އޭނާ ފިލުމުގެ އިހުތިމާލެއް ވުޖޫދުވާ ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނަ ކަމަށް ވެސް ބުނެފައިވެއެވެ.

ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓިކަމުގެ ތުހުމަތު އޭނާއަށް ކުރެވޭއިރު، އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

މާފަންނުގައި ހުންނަ ވީބީ މާޓް ގޯޅި ތެރޭގައި ހުންނަ ގެސްޓް ހައުސްއެއް ތެރޭގައި ނޭޕާލުގެ ފިރިހެނަކު ރަހީނު ކޮށްފައިވަނީ ބަންގަލަދޭޝްގެ ބަޔަކު ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.