ޝަމްނާޒްއާއި އިތުރު ބަޔަކު ހައްޔަރުކޮށް ތަހުގީގު ކުރިޔަށްދަނީ ސިހުރު ހެދުމުގެ ތުހުމަތުގައި: ފުލުހުން

ޝަމްނާޒްއާއި އިތުރު ބަޔަކު ހައްޔަރުކޮށް ތަހުގީގު ކުރިޔަށްދަނީ ސިހުރު ހެދުމުގެ ތުހުމަތުގައި: ފުލުހުން

ގުޅުންހުރި

އެންވަޔަރަމަންޓްގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒްއާއި އިތުރު ބަޔަކު ހައްޔަރުކޮށް ތަހުގީގު ކުރަމުން ދަނީ ސިހުރި ހެދުމުގެ ތުހުމަތުގައިކަން ފުލުން ހާމަ ކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، އެމައްސަލާއިގެ ތަހުގީގަށް ދެމީހަކު ހައްޔަރުކޮށް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ސިހުރު ހަދާފައިވަނީ ސީދާ ރައީސްގެ ދެކަނބަލުންނަށް ކަމެއް އޭނާ ޔަގީން ކޮށްދީފައެއް ނުވެއެވެ.

މީޑިއާއަށް ވެސް އެނގިފައެއް ގޮތަށް އަޅުގަނޑުމެން މި ތަހުގީގު ކުރަމުން މިގެންދަނީ ހަމަ އެފަދަ ތުހުމަތެއް.

ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މައްސަލައިގެ ތަހުގީގު ނިމުމުން ތަފްސީލް ހާމަކުރައްވާނެ ކަމުގައެވެ.

ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރު ކޮށްފައިވާއިރު، އޭނާގެ ކުރީގެ ފިރިކަލުން، ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒްވަނީ ސަސްޕެންޑްކޮށްފައެވެ.

މި ފަހަކާ ޖެހެންދެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ރަމީޒް ސަސްޕެންޑް ކުރިކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ. އެކަމަކު، އޭނާ ސަސްޕެންޑް ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެ އޮފީހުން ނުބުނެއެވެ.

ރަމީޒް ސަސްޕެންޑްކޮށްފައި ވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރަމަންޓްގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް، ރައީސް މުއިއްޒާ "ގާތްވުމަށް" ސިހުރު ހެދިކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައި ވަނިކޮށެވެ. ޝަމްނާޒްއާ އެކުގައި އިތުރު ދެ މީހަކު ވެސް ހައްޔަރު ކުރިއެވެ.

އެކަމަކު، އެމީހުންގެ ތެރޭގައި ރަމީޒެއް ނުހިމެނެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ޝަމްނާޒް ފުރަތަމަ ހުންނެވީ މުލިއާގޭގެ މަގާމެއްގައެވެ.

ސިހުރު ހެދި މައްސަލައިގައި ޝަމްނާޒް ކޯޓަށް ހާޒިރުކުރުމުން އޭނާ ހަތް ދުވަސް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޝަމްނާޒް ހައްޔަރުކުރުމުގެ ކުރިން، އޭނާ ރަމީޒު ދިރިއުޅެމުންދިޔަ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށް، ފުލުހުން އެ ގެއިން ބައެއް ސާމާނު ގެންގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ