މިފްކޯއިން މަސްވެރިންނަށް ދޭންޖެހިފައިވާ ބާކީ ފައިސާ، 52 މިލިއަން ރުފިޔާ މިއަދު ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން އައްޑޫ މަސްވެރިންނަށް އަންނަނީ މިދިޔަ ހުކުރު ދުވަހު ފެށިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކެސްގައި އައީ މުޒާހަރާ ކުރަމުންނެވެ.
މިފްކޯއިން ބުނެފައިވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ނުދެވި ހުރީ އެއް މަހާއި 14 ދުވަހަށްވާ 52.6 މިލިއަން ރުފިޔާ ކަމަށެވެ.
އައްޑޫ މަސްވެރިން މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުރަމުން އަންނަ މުޒާހަރާއާ ގުޅިގެން އައްޑޫ ފިޝަރީޒްގެ ކޮމްޕްލެކްސްގެ މަސައްކަތައް ވަނީ ހުރަސް އެޅި، އެތަނުން ކަރަންޓް ކަނޑާލުމުގެ ސަބަބުން ތަނުގެ މަސައްކަތްވަނީ ހުއްޓިފައެވެ. އަދި އޮޕަރޭޝަނަށް ބުރޫއަރާ، ތަނުގައި ކަރަންޓީ ނެތުމުގެ ސަބަބުން އެ ކޮމްޕްލެކްސްގެ މުވައްޒަފުން ބޭރުގައި ނިދަންވެސް ޖެހިފައި ވެއެވެ.
އައްޑޫ މަސްވެރިންގެ ފައިސާ ނުލިބިގެން މުޒާހިރާ ކޮށްފައިވާއިރު، ފައިސާ ނުލިބިގެން އިތުރުން ކުޑަހުވަދޫ މަސްވެރިން ވެސް އިއްޔެ މުޒާހިރާ ކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ