ބަކާ ނިޔާވީ މެނިންޖައިޓިސްއަށް ޕޮޒިޓިވް ވެގެން!

ބަކާ ނިޔާވީ މެނިންޖައިޓިސްއަށް ޕޮޒިޓިވް ވެގެން!

ގުޅުންހުރި

ހާލުދެރަވެ، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވި މަޝްހޫރި ފުޓުބޯޅަ ކުޅުންތެރިޔާމުހައްމަދު އާރިފް (ބަކާ) ނިޔާވީ މެނިންޖައިޓިސްއަށް ޕޮޒިޓިވެގެންކަމަށް އެނގިއްޖެއެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ގޯސްވެގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފެށީ އިއްޔެއެވެ. އޭނާ ނިޔާވެފައިވަނީ ހާލު ރަގަޅުނުވެ، އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މިއަދުއެވެ.

ބަކާގެ ކަށު ނަމާދު މިރޭގެ ފަތިސް ނަމާދަށްފަހު ބައްވާގޮތަށް ވަނީ ހަމަޖައްސާފައެވެ. ކަށުނަމާދު އޮންނާނީ އާ ސަހަރާ މިސްކިތުގައެވެ.

މެނިންޖައިޓިސްއަކީ ނުރައްކާތެރި ބެކްޓީރިއާއެއްކަމަށްވާ މެނިންގޮކޯކަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

މިއީ ތުއްތު ކުދިންނާއި، ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިންނާއި ޒުވާން އުމުރުގެ މީހުންނަށް ވަރަށް ގިނައިން ކުރިމަތިވާ ބައްޔެކެވެ. މެނިންޖައިޓިސް އަށް އަވަސް ފަރުވާ ނުދެވިއްޖެނަމަ ވަރަށް ސީރިއަސް ވެދާނެއެވެ.

މެނިންޖައިޓިސްގެ އަލާމާތްތަކުގެ ތެރޭގައި:

  • ހުންއައުން
    މާބޮޑަށް ބަލިވުން
    ބޮލުގައި ރިއްސުން
    ކަރުހިއްކުން
  • ބޭރަށް ހިންގުން
  • ގަދަ އަލި ހުންނަތަންތަނުގައި ނުހުރެވުން.
  • ހިނގާ ބިގާވެ އުޅެން އުނދަގޫވުން.
  • ގިނައިން ނިދުން.

މެނިންޖައިޓިސް އަކީ އާންމުގޮތެއްގައި ބެކްޓީރިއަލް ނުވަތަ ވައިރަލް އިންފެކްޝަނެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

މެނިންޖައިޓިސް އަށް މަގުފަހިވާ ޖަރާސީމުތައް ފެތުރޭނީ:

  • ކިނބިހި އެޅުން
    ކެއްސުން
    ބޮސްދިނުން

އުމުރުން 38 އަހަރުގެ ބަކާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

ބަކާގެ ހާލު ކުއްލިއަކަށް ސީރިއަސްވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މީގެ ދެ ދުވަހެއް ވަރު ކުރިން މާލެ އައި ތަނުންނެވެ. ބަކާއަކީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ މީހެކެވެ.

ބަކާ ހާލު ގޯސްވީ ވަރަށް ބޮޑަށް ހުން އައިސް ވަރުދެރަވެގެންނެވެ.

ހައްޖު ކޯޕަރޭޝަންއިން ބުނެފައިވަނީ،. އެކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ އެންމެން ވެސް ވަނީ ސައުދީ ހައްޖު މިނިސްޓްރީގެ ގައިޑްލައިންތަކާއި އެއްގޮތަށް ވެކްސިން ފުރިހަމަ ކޮށްފައި ކަމުގައެވެ.

އެގޮތުން، ހައްޖަށް ފުރުމުގެ ކުރިން އެ ކޯޕަރޭޝަންގެ ހުރިހާ ހައްޖާޖީންވެސް ފުރިހަމަ ކުރަން ޖެހޭ ޓްރެވަލް ވެކްސިން ކަމުގައިވާ ޕޯލިއޯ އާއި މެނިންޖައިޓިސް އަދި އިންފްލެންޒާ ވެކްސިން ފުރިހަމަ ކޮށްފައިވާކަމަށް އެ ކޯޕަރޭޝަންއިން ބުނެފައި ވެއެވެ.

އެ ކޯޕަރޭޝަންއިން މިކަން ހާމަކޮށްފައިވަނީ، މިއަހަރު ހައްޖަށްދިޔަ، ޔަ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވުމާއި ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ބަކާ މެނިންގޮކޯކޮލްއަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ މިއަދު މެންދުރުފަހު އޭނާގެ ޓެސްޓުތަކުގެ ނަތީޖާ ލިބުމުންނެވެ.

ބަކާއަކީ ރާއްޖެ އާއި ސްރީލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.

އައިލެންޑް އެފްސީން ފުޓްބޯޅަ ކެރިއަރު ފެށި ބަކާ ވަނީ ރާއްޖޭގެ މަޝްހޫރު ކުލަބުތައް ކަމުގައި ވެލެންސިއާ، ނިއުރޭޑިއަންޓް، ވިކްޓަރީ، ވީބީ އަށް ވެސް ކުޅެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ