އިގިރޭސިވިލާތުގައި މިހާރު ދަނީ ކޯވިޑް19 ޖައްސާ ވައިރަހުގެ މުޅިން އާ ސްޓްރެއިންއެއް ފެތުރެން ފަށާފަ

އަލަށް ފެނުނު 'ކޯވިޑް ސްޓްރެއިން’އިން ދިފާއު ކޮށްދޭތޯ ބެލުމަށް، ފައިޒަރ އަދި މޮޑާނާގެ ވެކްސިން ޓެސްޓުކުރަން ފަށައިފި

އަލަށް ފެނުނު 'ކޯވިޑް ސްޓްރެއިން’އިން ދިފާއު ކޮށްދޭތޯ ބެލުމަށް، ފައިޒަރ އަދި މޮޑާނާގެ ވެކްސިން ޓެސްޓުކުރަން ފަށައިފި

ދުނިޔޭގެ އެކި ގައުމުތަކުން މުޅިން އަލަށް ފެނިގެން އުޅޭ ކޯވިޑް19ގެ އާ ސްޓްރެއިން (ކޮރޯނާ ވައިރަސް މިއުޓޭޓްވެގެން އުފެދޭ ވައިރަހުގެ ތަފާތު ނަކަލެއް) އާއި ދެކޮޅަށް މަސައްކަތް ކުރޭތޯ ބެލުމަށް މިދެ ވެކްސިންވެސް ޓެސްޓު ކުރަން ފަށައިފިއެވެ.

މިޅު ދުނިޔޭގައި މިހާތަނަށް 1.7 މިލިއަން މީހުން މަރުވެގެން ގޮސްފައިވާ، ކޯވިޑް19ގެ މުޅިން އާވައްތަރެއް (އާ ސްޓްރެއިން) ދުނިޔޭގެ އެކިގައުމުތަކުން ފެންނަމުންދާތީ އެތައް ބައެއްގެ ހިތްތަކުގައި މިހާރުވަނީ ވަރަށް ބޮޑަށް ބިރުވެރިކަން އުފެދިފައެވެ.

ފައިޒާ އަދި މޮޑާނާ ކުންފުނިންވެސް، މިހާރު ގެންދަނީ، ފާއިތުވެދިޔަ ހަފްތާގައި އިގިރޭސިވިލާތުން ފެނުނު، ކޯވިޑް19 ބަލި ޖައްސާ ކޮރޯނާ ވައިރަހުގެ މުޅިން އާ މި ސްޓްރެއިން، މިހާރު ބޭނުން ކުރެވެމުންދާ ވެކްސިޖެމުން އެވެސިނަށް 'ރިއެކްޓް' ކުރާގޮތް ބަލާ ދިރާސާ ކުރަމުންނެވެ.

މޮޑާނާ ކުންފުނިން ބުނެފައިވަނީ، އެކުންފުނީގެ ވެކްސިން ބޭނުން ކުރުމުން، އަލަށް ފެނިގެން މިއުޅޭ ކޮރޯނާ ވައިރަހުގެ ސްޓްރެއިންއިން ރައްކާތެރި ކޮށްދޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމުގައެވެ.

ދުނިޔޭގެ އެތައްގައުމަކުން މިހާރުވަނީ، އިގިރޭސިވިލާތުގައި އަލަށް ފެނުނު ކޯވިޑް19 ވައިރަހުގެ އާ ސްޓްރެއިން އެގައުމުތަކުގައި ފެތުރިގެން ދާނެ ކަމުގެ ބިރަށްޓަކާ، ބޯޑަރުތައް ބަންދުކޮށްފައެވެ. އަދި އިގިރޭސިވިލާތަށް ދަތުރުކުރުމާއި އެގައުމުން އަންނަ މީހުން އެތެރެވުން ވެސް ގިނަ ގައުމުތަކުން މިހާރުވަނީ މަނާކޮށްފއެވެ.

ކޯވިޑް19ގެ އަސްލު ވައިރަހަށް ވުރެވެސް މާ ފަސޭހަކޮށް ގައިންގަޔަށް ފެތުރޭކަމަށް ބެލެވޭ ކޮރޯނާ ވައިރަހުގެ މި ސްޓްރެއިން ފެތުރިދާނެ ކަމުގެ ބިރަށް ދުނިޔޭގެ އެތައްގައުމަކުން ބޯޑަރުތައް ބަންދުކުރަމުން ދާއިރު، މުޅި ދުނިޔޭގެ ފުޑް ޗެއިނަށްވެސް މީގެ ސަސަބުން ވަރަށް ބޮޑު ބުރުލެއް އަރާފާނެކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.

ބައެއް ތަޖުރިބާކާރުން B.1.1.7 ލައިނޭޖުގެ ނަމުން ނަންދީފައިވާ މި ސްޓްރެއިންއަކީ، ކޯވިޑް ކާރިސާގެ ތެރޭގައި ފެނިގެން ގޮސްފައިވާ ކޯވިޑް19 ޖައްސާ ވައިރަހުގެ ފުރަތަމަ ސްޓްރެއިން އެއް ނޫނެވެ. އެހެންނަމަވެސް، މިފަހަރު އިގިރޭސިވިލާތުން ފެނިގެން ދިޔަ، ކޮރޯނާ ވައިރަހުގެ މި ސްޓްރެއިންއަކީ، އަސްލު ވައިރަހަށްވުރެ %70 އިތުރަށް ފަސޭހަކޮށް، ގައިންގަޔަށް ބަލި ފެތުރުމުގެ ގާބިލްކަން ލިބިގެންވާ، އަސްލު ވައިރަހުގެ ނަމަކެއްކަމުގައި ވެއެވެ.

WHO އިން މައުލޫމާތު ދޭގޮތުގައި، މި ސްޓްރެއިންގެ ވައިރަހާ ގުޅުން ހުރި ކޭސްތައް އިގިރޭސިވިލާތުގެ އިތުރުން އެހެން ބައެއްމުތަކުންވެސް މިހާރުވަނީ ފެންނަން ފަށާފައެވެ. މިގޮތުން ޑެންމާކުން މި ސްޓެރެއިންއާ ގުޅުންހުރި 9 ކޭސް ފެނިފައި ވާއިރު، ނެދަރލޭންޑް އަދި އޮސްޓްރޭލިއާއިން ވަނީ ކޮންމެ ގައުމަކުންވެސް 1 ކޭސް ފެނިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މައުލޫމާތު ދޭގޮތުގައި، ބެލެވޭގޮތުގައި އަލަށް ފެންނަން ފެށި މި ސްޓްރެއިން، އަސްލު ވައިރަހަށްވުރެ މާފަސޭހަކޮށް ގައިން ގަޔަށް ބަލި ފަތުރާ ދޭއިރު، މި ސްޓްރެއިން، ވައިރަސް ދެނެގަތުމަށްޓަކާ ކުރެވޭ ޓެސްޓުތަކުގެ ނަތީޖާއަށްވެސް އަސަރުކުރުވާ ކަމަށް ފާހަގަ ކުރެވިފައިވެއެވެ.

އަލަށް ފެންނަން ފެށި، ކޯވިޑް19 ބަލި ޖައްސާ ކޮރޯނާ ވައިރަހުގެ މި އާ ސްޓްރެއިން އަށް ދީފައިވާ ސައިޓިފިކް ނަމަކީ، VUI 202012/01 އެވެ. VUI ގެ މާނައަކީ، "ވޭރިއަންޓް އަންޑަރ އިންވެސްޓިގޭޝަން" އެވެ.

އެމެރިކާގެ ނެވާޑާ ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް ހެލްތުގެ އެސިސްޓެންޓް ޕްރޮފެސަރ، ބްރަޔަން ލަބުސް ވިދާޅުވެފައި ވަނީ، މިހާރު ފެނިގެން އުޅޭ ކޯވިޑް19 ބަލިޖައްސާ ކޮރޯނާ ވައިރަހުގެ އާ ސްޓްރެއިންގެ ހަގީގީ ތަފްސީލެއް އަދި އެގޭކަށް ނެތެވެ.

"އާ ސްޓްރެރިން ފެނިގެން ދިއުމުން އޭގެ މާނައަކީ، ވައިރަސް ފެތުރެމުންދާ ގޮތް ބަދަލުވުން ނުވަތަ، އަސްލު ވައިރަސް، އެއްފަހަރަަށް ނުވަތަ ދެފަހަރަށް މިއުޓޭޓް (ވައިރަހުގެ ޑީއެންއޭ އެތުރިފައިވާ ގޮތަށް އަންނަ ބަދަލެއް) ވެގެން ދިއުމުގެ ސަބަބުން، ހަށިގަޑުގެ ދިފާއީ ނިޒާމާއި ވައިރަސް ކުރިމަތިލާ ގޮތް ތަފާތުވެގެން ދިއުން،" ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިގޮތަށް އަލަށް ފެންނަ ވައިރަސްތަކުގެ އާ ސްޓްރެއިންތައް ސައިންސްވެރިނަށް ފާހަގަ ކުރެވިގެންދަނީ، ވައިރަހެއް ފެތުރެން ފެށުމާއިއެކު ސައިންސްވެރިން އަބަދުވެސް ވައިރަހުގެ ޖެނެޓިކް މެޓީރިއަލް އެތުރިފައިވާ ގޮތުގެ ތަރުތީބަށް އަންނަމުންދާ ބަދަލުތައް ބަލަމުންދާތީ ކަމުގައެވެ.

"މިގޮތުން، ބަލި ޖެހެމުންދާ މީހުންންގެ ކިބައިން ފެންނަ އަލާމާތްތައް ތަފާތުވެ، ނުވަތަ ކުރިއަށްވުރެ ފަސޭހައިން ބަލި ޖެހިފައިވާ މީހެއްގެ ގައިން ސިއްހަތު ރަގަޅުކޮށް ހުރި މީހެއްގެ ގަޔަށް ބަލި ފެތުރެންފެށުމުން، އެހާހިސާބުން މި ނިންމަނީ ވައިރަހުގެ މުޅިން އާ ސްޓްރެއިންއެއް ފެތުރެން ފަށާފައިވާ ކަމަށް،" ލަބުސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!