ހާލުދެރަވެ، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ބަކާ ނިޔާޥެއްޖެ

ހާލުދެރަވެ، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ބަކާ ނިޔާޥެއްޖެ

ގުޅުންހުރި

ހާލުދެރަވެ، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަޝްހޫރި ފުޓުބޯޅަ ކުޅުންތެރިޔާމުހައްމަދު އާރިފް (ބަކާ) ނިޔާޥެއްޖެ

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ގޯސްވެގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފެށީ އިއްޔެއެވެ.

އުމުރުން 38 އަހަރުގެ ބަކާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

ބަކާގެ ހާލު ކުއްލިއަކަށް ސީރިއަސްވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މީގެ ދެ ދުވަހެއް ވަރު ކުރިން މާލެ އައި ތަނުންނެވެ. ބަކާއަކީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ މީހެކެވެ.

ބަކާ ހާލު ގޯސްވީ ވަރަށް ބޮޑަށް ހުން އައިސް ވަރުދެރަވެގެންނެވެ.

ބަކާއަކީ ރާއްޖެ އާއި ސްރީލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.

އައިލެންޑް އެފްސީން ފުޓްބޯޅަ ކެރިއަރު ފެށި ބަކާ ވަނީ ރާއްޖޭގެ މަޝްހޫރު ކުލަބުތައް ކަމުގައި ވެލެންސިއާ، ނިއުރޭޑިއަންޓް، ވިކްޓަރީ، ވީބީ އަށް ވެސް ކުޅެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ