ގެއްލުނު 18 އަހަރުގެ ޒުވާނާ ފެނިއްޖެ

ގެއްލުނު 18 އަހަރުގެ ޒުވާނާ ފެނިއްޖެ

Author
އަހުމަދު
24 ޖޫން 2024 06:41
0

މާލެ އިން ގެއްލުނު 18 އަހަރުގެ ޒުވާނާ މިއަދު ފެނިއްޖެއެވެ.

ފުލުހުން ދެންމެ ބުނީ ހ. ބްލޫސްކޫޕް (މިހާރު އުޅޭ އެޑްރެސް ހ. ބްލޫޑްރީމް) ހުސައިން ޒިހާން ފެނުނީ މާލެ އިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އެކަމާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

އެ ޒުވާނާ ގެއްލިގެން ފުލުހުން އާންމުކޮށް އިއުލާން ކުރީ އިއްޔެގައެވެ. ފުލުހުން ބުނި ގޮތުގައި އެ ޒުވާނާ ހޯދުމަށް އިއުލާން ކުރީ އާއިލާ އިން އެދިގެންނެވެ.

މި މަހުގެ ތެރޭގައި އިތުރު ޒުވާން ފިރިހެނަކުވެސް ގެއްލިގެން ހޯދަން އިއުލާން ކުރިއެވެ. ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އެ ޒުވާނާ އަދިވެސް ނުފެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.