ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ

ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ

Author
އަހުމަދު
24 ޖޫން 2024 06:20
0

ހުޅުމާލޭގައި މިރޭ ހަވާ އެރުވުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި ހަވާ އަރުވާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށީގައި އޮންނަ ފްރައިވެޓް އިވެންޓެއްގައެވެ.

ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ މިރޭ 22:30 ގައި ކަމަށާއި ތިން މިނެޓެއް ހާއިރަށް ހަވާ އަރުވާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މިއީ ސިފްކޯ އިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ރާއްޖޭގައި ބާއްވާ އެކިއެކި އިވެންޓްތަކާއި ހަފްލާތަކުގައި ސިފްކޯއިން އަންނަނީ ވިޔަފާރި އުސޫލުން ހަވާ އަރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.