"ބޯޑާ 2″ ރަސްމީކޮށް އިއުލާންކޮށްފި

"ބޯޑާ 2″ ރަސްމީކޮށް އިއުލާންކޮށްފި

Author
ފާތިމަތު ނާވީ
22 ޖޫން 2024 02:58
0

"ބޯޑާ" ގެ ދެވަނަ ބައިގެ ވާހަކަ ދެކެވެމުން އަންނަތާ ގިނަ ދުވަސްތަކެއް ފަހުން، އެ ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

އެ ފިލްމަކީ މީގެ 27 އަހަރު ކުރިން ބޮލީވުޑްގައި އެޅުވި ހަނގުރާމަ މަތީ ފިލްމުތަކުގެ ތެރެއިން އޭރު އެންމެ ކާމިޔާބު އެއް ފިލްމެވެ. ޖޭޕީ ދައްތާ ޑައިރެކްޓުކޮށް 1997 ވަނަ އަހަރު ގެނެސްދިން މި ފިލްމުގެ ލީޑު ރޯލު ކުޅުނީ ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލް އެވެ.

"ބޯޑާ 2″ ގައި ސަނީ ހިމެނޭކަން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ. އެކަމަކު ފިލްމުގެ އިތުރު ކާސްޓުންނާ ބެހޭ އެއްވެސް މައުލޫމާތެއް ނުދެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޮކްޓޯބަރު މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ "ބޯޑާ 2″ ގެ ކާސްޓްގައި އަޔޫޝްމަން ކްރާނާ ވެސް ހިމެނޭނެ އެވެ.

 

View this post on Instagram

 

A post shared by Sunny Deol (@iamsunnydeol)

މި ފިލްމުގެ ޑައިރެކްޝަން ހަވާލުކޮށްފައި ވަނީ އަނޫރާގް ސިންގްއާ އެވެ. އޭނަ އަކީ އަކްޝޭ ކުމާރާ އެކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2019 ގައި ގެނެސްދިން ހަނގުރާމަ ފިލްމު "ކޭސަރީ" ގެ ޑައިރެކްޓަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.